Ads by Farudhun

ޚަބަރު

15 ސެޕްޓެމްބަރުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހު ތައިލެންޑުގައި ތިބެވޭނެ

15 ސެޕްޓެމްބަރުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި 30 ދުވަހު ތައިލެންޑުގައި ތިބެވޭނެ

ތައިލެންޑުގެ ބިނާއެއް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 09:33

03 ސެޕްޓެމްބަރު 2026، 09:33

15 ސެޕްޓެމްބަރުން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނަކަން ޚާރިޖީ ވުޒާރާއިން ހަނދާންކޮށްދެއްވައިފިއެވެ. 

ތައިލޭންޑް ގެ ސަރުކާރުން އެ ޤައުމުގެ ވިސާ  ޕޮލިސީއަށް ގެނައި ބަދަލުތައް 31 އޮގަސްޓް 2026 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެބަދަލުތަކަށް ޢަމަލުކުރަން ފެށިގެންދާނެ ކަމަށް ޚާޒިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި ތައިލޭންޑް ގެ ވިސާ އަށް މިގެނައި ބަދަލާގުޅިގެން 15 ސެޕްޓެމްބަރ 2026 އިން ފެށިގެން އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި، އެ ޤައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ޤައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސް، އެ ޤައުމުގައި ވިސާއާ ނުލައި ތިބެވޭ މުއްދަތު ވަނީ ކުޑަކޮށްފައެވެ.  93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެޤައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކޮށްފައިވާއިރު، ދިވެހިރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ޤައުމުގައި ތިބުމަށް 15 ދުވަސް ދޭޤައުމުތަކުގެ ލިސްޓުގައެވެ.

މިކަމާއި ގުޅިގެން ޚާރިޖީ ވަޒީރު އަލްފާޟިލާ އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސަލަންސީ ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، ވާހަކަފުޅު ދެއްކެވިއެވެ.

ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑްއަށް ވިސާއާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450