Ads by Farudhun

ޚަބަރު

ލ. ގަމު ނޭޗަރ ޕާކު ވިޒިޓަރ ސެންޓަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ލ. ގަމު ނޭޗަރ ޕާކު ވިޒިޓަރ ސެންޓަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 09:33

03 ސެޕްޓެމްބަރު 2026، 09:33

ލ. ގަމު ނޭޗަރ ޕާކު ވިޒިޓަރ ސެންޓަރުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވަނި، މި މަޝްރޫޢަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ ހިލޭ އެހީގެ ދަށުން ހިންގާ "އެންދެރި" (ENDhERI) ޕްރޮޖެކްޓް މެދުވެރިކޮށް، ލ. ގަމު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ.

އަދި މި ވިޒިޓޭޝަން  ސެންޓަރަކީ ތިމާވެށީގެ ދާއިރާއިން ދެވޭ ތަޢުލީމާއި ހޭލުންތެރިކަން ފުޅާކުރުމަށާއި، އެތަނަށް އަންނަ ފަރާތްތަކަށް ޠަބީޢީ ވެށީގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ތިމާވެށި ޙިމާޔަތްކުރުމުގެ މުހިންމުކަން އޮޅުންފިލުވައިދިނުމުގެ މަޤްޞަދުގައި ބިނާކުރެވޭ ތަނެއް ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.



ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދަކަށްވާއިރު، ލ. ގަމުގައި މި ބިނާކުރެވޭ ވިޒިޓަރ ސެންޓަރަކީ ސަރުކާރުގެ މި އަމާޒަށް ވާސިލުވުމަށް އެޅިގެންދާ ވަރަށް މުހިންމު ބާރެއްކަން ތިމާވެއްޓާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

މި ސެންޓަރުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ރަށުގެ ޤުދުރަތީ ރީތިކަން ބަލައިލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ދިރާސާކުރާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޤަބޫލުކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450