Ads by Farudhun

ޚަބަރު

ފޯކައިދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފޯކައިދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ފޯކައިދޫގެ އިސްލާމީ މަރުކަޒުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 10:37

03 ސެޕްޓެމްބަރު 2026، 10:37

ށ. ފޯކައިދޫގައި ބިނާކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕީޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ފައުންޑޭޝަން ފުޓިންގެ މަސައްކަތްތައް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ފޯކައިދޫގައި އިސްލާމިކް ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ޒަމާނީ ވަސީލަތްތަކާއެކު އިމާރާތްކުރާ މި މަރުކަޒުގައި ޖަލްސާކުރާ މާލަމަކާއި، ކުތުބުޚާނާއަކާއި، ކިޔަވައިދޭ ކޮޓަރިތަކުގެ އިތުރުން އިމާމުގެ ކޮޓަރިއާއި އިދާރީ ބަޔަކާއި ހިނަވާގެއެއް ހިމެނޭނެއެވެ. އަދި މުޅި އިމާރާތް އޭސީކޮށް، އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ގާތްގަނޑަކަށް 2،000 މީހުންގެ އާބާދީއެއް އޮންނަ ފޯކައިދޫގައި މިފަދަ މަރުކަޒެއް ގާއިމުވުމަކީ އެ ރަށުގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާއީ ގޮތުން ބޮޑެތި ފައިދާތަކަކާއި ލުއިފަސޭހަތަކެއް ގެނެސްދޭނެ ކަމެއް ކަމުގައި އެމްޓީސީސީން ދެކެއެވެ.

މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭނެ ހޯލަކާއި، 300 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ތިން ކްލާސްރޫމާއި ލައިބްރަރީއެއް ހެދުން ހިމެނެއެވެ.

މި މަސައްކަތަކީ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމްލަ 25.41 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450