Ads by Farudhun

ޚަބަރު

ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސްއާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރުން.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 12:06

03 ސެޕްޓެމްބަރު 2026، 12:06

ރާއްޖެއަށް ފެންވަރު ރަނގަޅު ބޭހުގެ ބާވަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސްޓޭޓް ފާމާއިން ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ޑިސްޓްރިބިއުޓަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ސްޓޭޓް ފާމާގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި އެއްބަސްވުމުގެ ދަށުން، އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ގާއިމުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސްޓޭޓް ފާމާއިން ފާހަގަކުރެއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި އެއްވެސް ދަތިކަމެއް ނައިސް، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އިތުރަށް ވަރުގަދަކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

ހިރާނިސް ފާމަސޫޓިކަލްސް (ޕްރައިވެޓް) ލިމިޓެޑަކީ ބައިނަލްއަޤުވާމީ މާކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ، ޕާކިސްތާނުގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެކެވެ. ވިޔަފާރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖެ، ފިލިޕީންސް އަދި އަފްޣާނިސްތާން ހިމެނޭހެން އޭޝިއާގެ ގިނަ ޤައުމުތަކަކަށާއި ދުނިޔޭގެ އެހެނިހެން މާކެޓްތަކަށް ވެސް މި ކުންފުނީގެ އުފެއްދުންތައް އަންނަނީ ފުޅާ ދާއިރާއެއްގައި ސަޕްލައިކުރަމުންނެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450