Ads by Farudhun

ޚަބަރު

ތިނަދޫ ކޯލްޑް ސްޓޯރޭޖުގެ 76 އިންސައްތަ މަސައްކަތް ނިމިއްޖެ

ތިނަދޫ ކޯލްޑް ސްޓޯރޭޖުގެ 76 އިންސައްތަ މަސައްކަތް ނިމިއްޖެ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 02:33

03 ސެޕްޓެމްބަރު 2026، 02:33

ތިނަދޫ ސިޓީގައި ޤާއިމުކުރާ 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ 76 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. 

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެ ވުޒާރާއިން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ރެފްރިޖަރޭޝަން އިކުއިޕްމަންޓްތަކުގެ ފައުންޑޭޝަން މަސައްކަތްތައް ކަމަށެވެ. 

ތިނަދޫ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ހުއްޓިފައިވަނިކޮށް، އެ ތަނުގެ މަސައްކަތް އަވަސްކުރުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޝްވަރާތަކެއްކޮށް، ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތްކޮށްފައިވެއެވެ. 



19 ނޮވެންބަރު 2019 ގައި ތިނަދޫގައި މަސް ރައްކާކުރާ ފެސިލިޓީތައް ގާއިމުކުރުމަށް އިޢުލާނު ކުރެވުނު ނަމަވެސް، މި ކޯލްޑް ސްޓޯރޭޖުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 12 ޖުލައި 2023 ގައެވެ. މިފްކޯއިން މި ސްޓޯރޭޖު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ރާއްޖޭގެ ހަތް ރަށެއްގައި ކޯލްޑް ސްޓޮރޭޖު ގާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާކަން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ހާމަކޮށްފައެވެ. މީގެ ތެރޭގައި ތިނަދޫގައި ޤާއިމުކުރާ 1000  ޓަނުގެ  ފެސިލިޓީ ވެސް ހިމެނެއެވެ.  ހަތް ރަށުގެ މަޝްރޫއުތައް ނިމުމުން ރާއްޖޭގައި މަސް ރައްކާކުރެވޭ މިންވަރު މިހާރަށްވުރެ 10،900 ޓަނަށް އިތުރުވެގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫއުތައް ކުރިއަށްގެންދަނީ ބައިނަލްއަގުވާމީ މާލީ އިދާރާތައް ކަމަށްވާ އިންޑިއާގެ އެގްޒިމް ބޭންކާއި، ސައުދީ ޑިވެލޮޕްމެންޓް ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ ދީލަތި އެހީގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450