Ads by Farudhun

ޚަބަރު

ތ. ބުރުނީގައި އައުޓްޑޯ ޖިމް ސާމާނު ހަރުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ތ. ބުރުނީގައި އައުޓްޑޯ ޖިމް ސާމާނު ހަރުކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

ބުރުނީގައި ހަދާ އައުޓްޑޯ ޖިމް ސާމާނު ހަރުކުރުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2026، 04:12

03 ސެޕްޓެމްބަރު 2026، 04:12

ތ. ބުރުނީގައި އައުޓްޑޯ ޖިމް ސާމާނު ފޯރުކޮށްދީ ހަރުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނާއި އެމްޓީސީސީ ގުޅިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ކޮމިއުނިޓީ ފިޓްނަސް ހަރަކާތްތަކުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. މީގެ މައިގަނޑު މަގުސަދަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް އަށަގަންނުވައި، ކަސްރަތުކުރުމަށް ފަސޭހަ މާހައުލެއް ރަށު ފެންވަރުގައި ގާއިމުކުރުމެވެ.

މި މަޝްރޫއުގެ ދަށުން އާންމުންނަށް ބޭނުންކުރެވޭނެ ހާއްސަ އައުޓްޑޯ ފިޓްނަސް ސާމާނުތައް ފޯރުކޮށްދީ، އެ ތަކެތި ރައްކާތެރިކަމާއެކު ވަނީ ބުރުނީގައި އިންސްޓޯލްކޮށްފައެވެ. މިއީ 18 ރަށެއްގައި ޖުމްލަ 20 ކުޅިވަރު އަދި ފިޓްނަސް މަޝްރޫއު ހިންގުމަށް އެމްޓީސީސީއާ ހަވާލުކުރެވުނު އެއްބަސްވުމުގެ ބައެކެވެ.

ބުރުނީގެ ތަރައްގީއަށް އިތުރު މަޝްރޫއުތައް
އައުޓްޑޯ ޖިމް މަޝްރޫއުގެ އިތުރުން، ބުރުނީގެ އިޖުތިމާއީ އަދި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ބުރުނީ އައުޓްޑޯ ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެއެވެ. މީގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450