Ads by Farudhun

ޚަބަރު

މިލަންދޫގައި އަޅާ 50 ހައުސިން ޔުނިޓުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

މިލަންދޫގައި އަޅާ 50 ހައުސިން ޔުނިޓުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

މިލަންދޫގައި އަޅާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް. ފޮޓޯ: އެކްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2026، 06:53

03 ސެޕްޓެމްބަރު 2026، 06:53

ށ. މިލަންދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 50 ހައުސިން ޔުނިޓުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާގެ ނައިބު މުޙައްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

ނާޝިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިލަންދޫގައި ކުރިއަށްދާ 50 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އޮތީ، ކޮންޓްރެކްޓަރަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ހުއްޓިފައި ކަމަށާއި، އެ ވަގުތާ ހަމައަށް ނިމިފައިވަނީ މުޅި މަޝްރޫއުގެ އެންމެ 35 އިންސައްތަ މަސައްކަތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ކޮންޓްރެކްޓަރުންނަށް ދޭންޖެހި ނުދެވި ހުރި ފައިސާ ހަމަޖައްސަވައިދެއްވައި، ހުއްޓިފައި ހުރި މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް އަލުން ބާރުމިނުގައި ފައްޓަވައިދެއްވާފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ.



ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނުގައި 1،000 އަކަފޫޓު ހުރެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހިމެނޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450