Ads by Farudhun

ޚަބަރު

އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ މަރާމާތުކުރަން އެޗްޑީސީން އެހީތެރިކަން ދެނީ

އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ މަރާމާތުކުރަން އެޗްޑީސީން އެހީތެރިކަން ދެނީ

އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2026، 06:58

03 ސެޕްޓެމްބަރު 2026، 06:58

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެންމެހާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ.

  

ސީއެސްއާރުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން

އެޗްޑީސީން ބުނީ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމާތުކުރުމަށް އާންމު ރައްޔިތުންނަށް އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަންގެ ކޯޕަރޭޓް ސޯޝަލް ރިސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުންނެވެ.

  

ފޯމު ހުށަހެޅުމުގެ ފުރުސަތު

އެހެންކަމުން، އެފަދަ އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން މަރާމާތުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެދޭ ފަރާތްތަކުން 30 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ހާއްސަ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ.

މަރާމާތުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މީގެއިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450