ޚަބަރު
ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް
ގިރިފުށީ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) ގެ މައި ތަމްރީނު މަރުކަޒު ހިންގަމުން އަންނަ ކ. ގިރިފުށީގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އަސްކަރީ ތަމްރީނުތަކަށް ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކެއް ޤާއިމުކުރުމެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 13.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ނިމުމުން ގިރިފުށީގެ ބޮޑުމިން ކުރިން ހުރި 5.7 ހެކްޓަރުން 19 ހެކްޓަރަށް އިތުރުވެގެންދާނެއެވެ.
Project Update: K. Girifushi Land Reclamation, Shore Prorection and Harbor Upgrade Works
— MTCC Plc (@MTCCPlc) September 3, 2026
Quay wall block installation works are ongoing.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/Ckt9Qfgilo
ހިމާޔަތްކުރުމަށްޓަކައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށި ލުމާއި، އަދި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ބަނދަރު ތަރައްޤީކުރުމުގެ ދަށުން އެލް-ބްލޮކް އެއްގަމުތޮށި ލުމާއި، އުޅަނދުފަހަރު ގާތްކުރުމަށްޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ އެޅުން ވެސް ހިމެނެއެވެ.
މީގެއިތުރުން، މިހާރު ބޭނުންކުރަމުން އަންނަ 100 މީޓަރުގެ ކުދި ހަތިޔާރު ބޭނުންކުރާ ފަޔަރިންގ ރޭންޖުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ 300 މީޓަރުގެ ފަޔަރިންގ ރޭންޖެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮފިސަރ ޓްރެއިނިންގ ވިންގާއި، އެންސީއޯ އެކަޑަމީގެ އިތުރުން އިންސްޓްރަކްޓަރުންނާއި ދަރިވަރުންގެ އެކޮމޮޑޭޝަން އިމާރާތްތައް އެޅުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ދިވެހި އަސްކަރިއްޔާގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުން ތަޢާރަފްކުރަން ތައްޔާރުވާ ނޭޝަނަލް ސަރވިސް ޕްރޮގްރާމްގެ މައި މަރުކަޒެއްގެ ގޮތުގައި ގިރިފުށި ބަދަލުކުރުމަށް ކުރިއަށްގެންދެވޭ މުހިންމު މަޝްރޫޢެކެވެ. މިއީ ގިރިފުށީގެ ތާރީޚުގައި ވެސް އެ ރަށުގައި ހިންގޭ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ.