Ads by Farudhun

ޚަބަރު

މާލޭގައި ފުލުހުންގެ ހާއްސަ ކޮމިއުނިޓީ ހަރަކާތްތަކެއް ހިންގައިފި

މާލޭގައި ފުލުހުންގެ ހާއްސަ ކޮމިއުނިޓީ ހަރަކާތްތަކެއް ހިންގައިފި

ފުލުހުންގެ ޙާއްސަ ކޮމިޔުނިޓީ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2026، 10:02

03 ސެޕްޓެމްބަރު 2026، 10:02

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށާއި، އާންމު އިޖުތިމާއީ މިންގަނޑުތަކަށް އަހުލުވެރިކުރުވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ މަގުސަދުގައި މާލޭ ޕޮލިހުން މިއަދު ހަވީރު މާލޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތައި، ޒިންމާދާރުކަމާއެކު އުޅަނދު ދުއްވި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހެލްމެޓް ހަދިޔާކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް ޕާކުކޮށްފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް ވެސް ވަނީ ސްޓިކާއެއް ދީފައެވެ.

މީގެ އިތުރުން، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ބަލިމީހުންނަށް ފުލުހުން ޒިޔާރަތްކޮށް، އެ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުއާގެ ކާޑު ވަނީ ހަދިޔާކޮށްފައެވެ. އަދި މާލޭގައި އިމާރާތްކުރަމުންދާ ސައިޓުތަކަށް ފުލުހުން ޒިޔާރަތްކޮށް، އެ ތަންތަނުގެ ސަލާމަތީ މިންގަނޑުތައް ހުރި ނެތްގޮތް ވެސް ވަނީ ބަލައިފައެވެ.

އިމާރާތްކުރާ ސައިޓުތަކުގެ މަސައްކަތުގެ މާހައުލާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅޭ އިރުޝާދާއި ލަފާ ވެސް ފުލުހުން ވަނީ އެ ފަރާތްތަކަށް ދީފައެވެ.

މި ހަރަކާތްތަކަކީ ފުލުހުންނާއި ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށާއި، ގާނޫނުތަކާއި ގަވާއިދުތަކަށް އަމިއްލައަށް އިސްނަގައިގެން ބޯލެނބުމުގެ ސަގާފަތެއް އަށަގަންނުވައި، އާންމު ސަލާމަތާއި ރައްކާތެރިކަމަކީ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދިނުމަށް މާލޭ ޕޮލިހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު މުހިންމު ހަރަކާތްތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450