Ads by Farudhun

ޚަބަރު

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު ޠާރިޤް އިބްރާހީމް، އެ ޤައުމުގެ ރައީސަށް ފަތްކޮޅު އަރުވައިފި

ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި އައު ސަފީރު ޠާރިޤް އިބްރާހީމް، އެ ޤައުމުގެ ރައީސަށް ފަތްކޮޅު އަރުވައިފި

ސަފީރު ތޯރިގް ކުވެއިތްގެ ރައީސަށް ފަތްކޮޅު އެރުވުން - ފޮޓޯ: ހާރިޖީ ވުޒާރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

04 ސެޕްޓެމްބަރު 2026، 10:47

04 ސެޕްޓެމްބަރު 2026، 10:47

ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އައު ސަފީރު، އަލްފާޟިލް ޠާރިޤް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް ރަސްމީކޮށް އަރުއްވައިފިއެވެ.

މި ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ހުންނަ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު "ޤަސްރު އަލް ވަތަން" ގައެވެ.

ފަތްކޮޅު އެރުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ވަނީ ސަފީރު ޠާރިޤް އިބްރާހީމަށް މަރުޙަބާ ދަންނަވައި، އެމަނިކުފާނުގެ ސަފީރުކަމުގެ އައު ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ޠާރިޤް ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައާއި ދިވެހި އެންމެހައި ރައްޔިތުންގެ ފަރާތުން، ޔޫއޭއީގެ ރައީސަށާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ސަފީރުގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ދައުރުގައި ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން އައު އުސްމިންތަކަކަށް ގެންދެވުމަށް ފުރިހަމައަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު ރަސްމީކޮށް ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 15 މާރިޗު 1978 ގައެވެ. މި ތާރީޚީ އަދި ބަދަހި ގުޅުމުގެ ތެރެއިން، ސަފީރު ޠާރިޤް އިބްރާހީމަކީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައެޅުއްވި 7 ވަނަ ސަފީރެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450