ޚަބަރު
ޑޮލަރުގެ ކަޅުބާޒާރު އުފައްދަނީ ޤައުމު ދެކެ ލޯބިނުވާ ސިޔާސީ ވެރިން: ޝުޖާއު
ބާރަށު މަޖިލީސް މެމްބަރު އިބުރާހިމް ޝުޖާއު - ފޮޓޯ: ޕީއެސްއެމް
ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރު އުފައްދައި، އެކަމަށް އެންމެ ބޮޑު ހިތްވަރެއް ދެނީ ޤައުމު ދެކެ ލޯބިނުވާ ސިޔާސީ ވެރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކަޅުބާޒާރު އުފައްދައި،ޑޮލަރު ވިއްކަން އެންމެ ބޮޑު ހިތްވަރެއް ދެނީ ޤައުމު ދެކެ ލޯބި ނުވާ ސިޔާސީ ވެރިން.ދިވެހި ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ބޮޑުތަކުލީފެއް މިކަމުގައި އުފުލަން ޖެހެނީ މިމީހުންގެ އަމަލު ތަކުގެ ސަބަބުން.
— Ibrahim Shujau (@IbrahimShujaau) September 3, 2026
ރައީސް ޑރ @MMuizzu އަކީ ބޭރުފައިސާއިން އާމްދަނީ ލިބޭ…
އެ ޕޯސްޓުގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުންނަށް ޑޮލަރުގެ މައްސަލައިގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވަނީ ޤައުމަށް އިޚްލާޞްތެރިކަމެއް ނެތް ސިޔާސީ ވެރިންގެ އަމަލުތަކުގެ ސަބަބުންނެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކަށް ފުރިހަމައަށް އިޚްތިރާމް ކުރައްވާ ލީޑަރެއް ކަމަށެވެ. އަދި މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލު ހޯދަން ކެރިވަޑައިނުގެންނެވި ޑޮލަރުގެ މި ބޮޑު މައްސަލައަށް ރައީސް ޑރ. މުޢިއްޒު ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ޝުޖާއު ދެއްވިއެވެ.
މީގެއިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވެސް މިކަންކަން ވާގޮތް ރައީސް ޑރ. މުޢިއްޒު ސާފުކޮށްދެއްވާނީ ޢަމަލުން ކަމަށާއި، އެއީ އެމަނިކުފާނު ޤައުމަށްޓަކައި ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ތިރިވަމުން އަންނަކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، ކަޅުބާޒާރުގައި ހުރި ޑޮލަރުގެ އަގު މިއަދު ހުރީ އިއްޔެ ހުރި އަގުގައި ނޫން ކަމަށެވެ.