Ads by Farudhun

ޚަބަރު

"އަމީރު ވާހަކަ ދެއްކެވީމަ ހޮޑުލެވޭހެންވެސް ހީވޭ، އޮޑިޓް ރިޕޯޓްތައް ބެލީމަ ކަރުނަ ނުހިފޭ!" - ޝުޖާޢު

"އަމީރު ވާހަކަ ދެއްކެވީމަ ހޮޑުލެވޭހެންވެސް ހީވޭ، އޮޑިޓް ރިޕޯޓްތައް ބެލީމަ ކަރުނަ ނުހިފޭ!" - ޝުޖާޢު

ބާރަށު މެމްބަރު އިބުރާހިމް ޝުޖާއު - ފޮޓޯ: އެމްވީ ޕްލަސް

farudhun logo

ފަރުދުން

04 ސެޕްޓެމްބަރު 2026، 03:05

04 ސެޕްޓެމްބަރު 2026، 03:05

ދިވެހި ރައްޔިތުން ދުވަހަކުވެސް ފަޤީރު ނުވާ މިންވަރަށް މިހާރު ފަޤީރުވެއްޖެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމާ ގުޅިގެން، އޭނާއަށް ވަރަށް ހޫނު ރައްދެއް ދެއްވަމުން، އަމީރު އެފަދަ ވާހަކަ ދެއްކެވުމުން ބައެއް ފަހަރު ގަޔަށް ހޮޑުލެވޭހެންވެސް ހީވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި، ކުރީގެ ރައީސް އަދި މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ، ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެ ދުވަހު ދެއްކެވީ ހަމަ ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް ކަމަށެވެ. އެގޮތުން އަމީރު ވައްކަން ކުރައްވާފައި މަޖިލީހަށް ފޮނުއްވަނީ "ވައްކަމުގެ ރަޝީދު" ކަމަށް ނަޝީދު ވިދާޅުވެފައެވެ. އަދި އަމީރުގެ މާލީ ވަޒީރުކަމުގައި ކުންފުނިތަކާއި މިނިސްޓްރީތަކުގެ އޮޑިޓް ރިޕޯޓުތައް ބަލައިލުމުން ލޮލުން ކަރުނަ ނުހިފެހެއްޓޭ ވަރުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަމީރުގެ ވާހަކަތަކަށް އިތުރަށް ފާޑުވިދާޅުވަމުން ޝުޖާޢު ވިދާޅުވީ، އަމީރު އެ މަސައްކަތް ކުރައްވަނީ ހިތުން ކޮށްފައިހުރި ވައްކަންތައް އޮއްބާލަން ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އަމީރުގެ މާލީ ވަޒީރުކަމުގައި މި ޤައުމު ވައްޓާލާފައިވާ އަނދަވަޅުން ޤައުމު ސަލާމަތްކޮށް، ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ދުވަހަކުވެސް ވެރިޔަކު ނުކުރައްވާހާ ބުރަކޮށް، އިޚްލާޞްތެރިކަމާއެކު ރެއާއި ދުވާލު މަސައްކަތްޕުޅު ކުރައްވަމުން ކަމަށްވެސް ޝުޖާޢު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި، އަމީރު މާލީ ވަޒީރަކަށް ހުންނަވައިގެން އެތައް މިލިއަން ރުފިޔާއެއް ވަނީ ޗާޕުކޮށްފައެވެ. އެމްޑީޕީގެ ވެރިކަމުގައި ހިފެހެއްޓުމެއް ނެތި ފައިސާ ޗާޕުކުރުމުގެ ސަބަބުން، ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ދިވެހި ފައިސާގެ އަގު ވަރަށް ބޮޑަށް ވެއްޓިގެން ދިޔައެވެ. އަދި މިއަދުގެ ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރަމުން ދަނީ، ކުރީ ސަރުކާރުން މާލީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ހޭވި ހުރިހާ "ހަޑިއެއް" ސާފުކޮށް، ޤައުމުގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450