Ads by Farudhun

ޚަބަރު

މަސްތުވާތަކެއްޗާއެކު 9 ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު 9 ބިދޭސީއަކު ހައްޔަރުކޮށްފި

މައްސަލާގައި ހައްޔަރުކުރި ބިދޭސީން. ފޮޓޯ: ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2026، 04:11

04 ސެޕްޓެމްބަރު 2026، 04:11

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ބަންގްލަދޭޝްގެ ނުވަ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަލައިފާސްކުރުމަށް ފަހުގައެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެންމެންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތޯހިދުލް އިސްލާމް (35އ)، މޮނީރް ބެޕާރީ (37އ)، ޖަކިރް މުންޝި (46އ)، އެމް.ޑީ އަބު ޒަބެރް ޕްރަމަނިކު (37އ)، އެމް.ޑީ އުސްމާން (23އ)، މޮހައްމަދު ބަބްލޫ އަލީ (34އ)، އެމް.ޑީ ރައިހާން (32އ)، އަފްރަނުލް ހޮގް އާޝިކު (34އ) އަދި މުޙައްމަދު ރަކިބް ހޮސެއިން (30އ) އެވެ.

މި މައްސަލައިގެ ގާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ހައްޔަރުކުރި އެންމެން ވެސް މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450