Ads by Farudhun

ޚަބަރު

ސީފުޑް އެކްސްޕޯ އޭޝިއާ 2026 ގައި މިފްކޯއިން ބައިވެރިވެއްޖެ

ސީފުޑް އެކްސްޕޯ އޭޝިއާ 2026 ގައި މިފްކޯއިން ބައިވެރިވެއްޖެ

ސީފުޑް އެކްސްޕޯ އޭޝިއާ 2026 ގައި މިފްކޯއިން ބައިވެރިވުން. ފޮޓޯ: މިފްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2026، 04:12

04 ސެޕްޓެމްބަރު 2026، 04:12

ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައި ސެޕްޓެމްބަރު 2 އިން 4 އަށް ބޭއްވި 'ސީފުޑް އެކްސްޕޯ އޭޝިއާ 2026' ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެ، ދުނިޔޭގެ ބާޒާރުގައި ދިވެހި މަހުގެ އުފެއްދުންތައް އިތުރަށް ފުޅާކުރުމަށް މުހިންމު ފުރުސަތުތަކެއް ހޯދައިފިއެވެ.

އޭޝިއާގެ ސީފުޑް މާކެޓަށް ހާއްސަކޮށްގެން ބޭއްވި މި ބީ2ބީ ޓްރޭޑް އިވެންޓަކީ މި ފެއާގެ 14 ވަނަ އެޑިޝަނެވެ. އަދި މިއީ ވިދިވިދިގެން މި ފެއާ ސިންގަޕޫރުގައި ބޭއްވި 4 ވަނަ އަހަރެވެ. މި ފެއާއާ އެކު، ޕްރޮސެސިން އިކުއިޕްމަންޓާއި ޕެކޭޖިން އަދި އެކުއަކަލްޗާ ދާއިރާއަށް ހާއްސަ 'ސީފުޑް ޕްރޮސެސިން އޭޝިއާ' ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި އެކްސްޕޯގައި ސަރަހައްދުގެ ސީފުޑް ސަޕްލަޔަރުންނާއި، ރީޓެއިލް ޗެއިންތަކާއި، ހޮރެކާ (HORECA) އޮޕަރޭޓަރުން އަދި ޑިސްޓްރިބިއުޓަރުން ބައިވެރިވެފައިވެއެވެ. މިފްކޯއިން މި ފެއާގައި ހަރަކާތްތެރިވީ ކަށަވަރު ކުރެވިފައިވާ ބަޔަރުންގެ ލިސްޓަކަށް އަމާޒުކޮށްގެން ކަމަށްވުމުން، ހަގީގީ ވިޔަފާރީގެ ގުޅުންތައް ގާއިމުކުރުމަށް ފަސޭހަވެގެން ދިޔައެވެ. މީގެއިތުރުން، އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކުން މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެ ވިއްކަމުންދާ ގޮތް ދެނެގަތުމުގެ ފުރުސަތުވެސް މިފްކޯއަށް ލިބުނެވެ.

މި ފެއާގެ ތެރެއިން ޖަޕާން، ޗައިނާ، މެދުއިރުމަތި އަދި ސިންގަޕޫރުގެ ބަޔަރުންނަށް ރާއްޖޭގެ ދަޅުމަހާއި ޕައުޗް މަސް ސަޕްލައި ކުރުމަށްޓަކައި ޕޮޓެންޝަލް ލީޑްތަކެއް ވަނީ ހޯދިފައެވެ. މީގެއިތުރުން ވާދަވެރި ގައުމުތަކުގެ އަގުތަކާއި، ޕެކޭޖިން އަދި އިޝްތިހާރު ކުރުމުގެ ސްޓްރެޓެޖީތަކާ ގުޅޭގޮތުން މިފްކޯއިން ވަނީ މާކެޓް ރިސާޗް ހަދައި، ބައިނަލްއަގުވާމީ މާކެޓުގައި ދިވެހި ކަނޑުމަހުގެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށްފައެވެ.

ސީފުޑް އެކްސްޕޯ އޭޝިއާގައި ބައިވެރިވުމަކީ، ދުނިޔޭގެ ބާޒާރުގެ ޑިމާންޑަށް އަންނަ ބަދަލުތަކަށް ލޯހުޅުވިފައިވާ ކުންފުންޏެއްގެ ގޮތުގައި، އިސް މާކެޓްތަކުގައި މިފްކޯގެ ހިއްސާ އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450