Ads by Farudhun

ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި

މަސްދޯންޏެއްގައި މަސްވެރިން މަސްބާނަނީ. ފޮޓޯ: އިންޓަރނެޓޤ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2026، 09:20

04 ސެޕްޓެމްބަރު 2026، 09:20

މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އެ ވުޒާރާއިން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ޖުމްލަ 113 މަސްވެރިއަކަށް މި ފައިސާ ދޫކޮށްފައިވާ ކަމަށެވެ.

މީގެކުރިން މަސްވެރިންނަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި މި ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. އަދި އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭވެސް އެއްފަދައިން މަސްވެރިންނަކީވެސް ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މަސްވެރިކަމާބެހޭ ވުޒާރާއިން މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށް، މޭއިމަހުން ފެށިގެން ވަނީ މަސްވެރިންނަށް ޚާއްޞަ ލޯނު ދޫކުރަން ފަށާފައެވެ.

މަސްވެރިންނަށް މި ލޯނުތައް ދޫކުރަމުންދަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މިއީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މަސްވެރިންނަށް އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަކަށް އޮންލައިންކޮށް ހުށައެޅޭނެގޮތަށް ޑިޒައިންކޮށްފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް، މަސްވެރިކަމުގެ ސާމާނު ގަތުމާއި އައު ކުރުމަށް، އަދި ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް ލޯނަށް އެދި ހުށަހެޅެއެވެ. މީގެއިތުރުން އޮޑިފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމަށާއި، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށްވެސް މި ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ޕޯޓަލްގެ ސަބަބުން ބީއެމްއެލްގެ ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މި ސްކީމްތަކަށް ހުށައެޅުމުގެ ފުރުޞަތު މަސްވެރިންނަށް ވަނީ ފަހިވެގެން ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450