Ads by Farudhun

ޚަބަރު

ވާދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ވާދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އާރްޑީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 ސެޕްޓެމްބަރު 2026، 01:24

05 ސެޕްޓެމްބަރު 2026، 01:24

ގދ. ވާދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވިދާޅުވެއްޖެއެވެ. 

މިކަން ހާމަކުރައްވާ އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެ ރަށުގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތްތަކުގެ ތެރެއިން، މިވަގުތު ކުރިއަށްދަނީ ރޫފް ބީމް ކާސްޓިންގގެ މަސައްކަތް ކަމަށެވެ.



މި މަޝްރޫއުގެ ބިންގާ އަޅާފައި ވަނީ 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ހުވަދުއަތޮޅު އުތުރުބުރީ އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

އެ ދަތުރުފުޅުގައި ވަނީ ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ގދ. ގައްދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ގދ. މަޑަވެލީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ބިންގާ އަޅުއްވާފައެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ. ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން، ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި ރަށްރަށުގައި މި ޚިދުމަތް ތަރައްގީކުރުމާއި އަދި އަދަށްދާންދެން ފުލުހުންގެ މަރުކަޒެއް ނެތް ރަށްރަށުގައި އެ ޚިދުމަތް ފެށުމަށް ޓަކައި ހުއްޓުމެއްނެތި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450