Ads by Farudhun

ޚަބަރު

ފުލުހުންގެ ޚިދުމަތަށް 22 އަހަރު ފުރުމާ ގުޅިގެން ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ފުލުހުންގެ ޚިދުމަތަށް 22 އަހަރު ފުރުމާ ގުޅިގެން ހާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ފުލުހުން ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން / ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

05 ސެޕްޓެމްބަރު 2026، 06:54

05 ސެޕްޓެމްބަރު 2026، 06:54

ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 22 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންނަށް ހާއްސަ އުފާވެރި ހަވީރެއް މިއަދު ބާއްވައިފިއެވެ.

މާލޭގެ ސޯޝަލް ސެންޓަރު ސަރަހައްދުގައި މިއަދު ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ފުލުހުންގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ އޮފިސަރުން މި ހަވީރުގައި ބައިވެރިވިއެވެ.

ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ މަގުސަދުގައި ބޭއްވި މި ހަވީރުގައި، ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން މުހިންމު މެސެޖުތައް ވެސް މި ހަވީރުގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ. މި އިވެންޓުގައި މާލެ އޭރިއާގެ ފުލުހުންގެ އެކި ޑިޕާޓްމަންޓުތަކުން ވަކިވަކި ސްޓޯލްތައް ގާއިމުކޮށް، ކުދިން ޝައުގުވެރިވާނެ ފަދަ ގިނަ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

މާލޭގެ އިތުރުން، ފުލުހުންގެ 22 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް އިއްޔެއާއި މިއަދު ވަނީ ކުޑަކުދިންގެ ހަވީރުތައް ބާއްވާފައެވެ. ގިނަ އަދަދެއްގެ ފުލުހުންނާއި އާންމުން ބައިވެރިވި މި ހަރަކާތްތަކަށް އާއިލާތަކުގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

މީގެއިތުރުން، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާވަހިކަން ކަމަށްވާ "ފިޔަވަތި" މަރުކަޒުގެ ކުދިންނަށް ހާއްސަކޮށްގެން ވެސް ހުޅުމާލެ ޕޮލިހުން ވަނީ އިއްޔެ ހާއްސަ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. އެ ހަވީރުގައި އެ ކުދިންނަށް ހާއްސަ ހަދިޔާތައް ބަހައި، ފުލުހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ އިތުރުން ހަވީރުގެ ސައެއް ވެސް ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450