ޚަބަރު
ގެއްލިގެން ހޯދަމުން ދިޔަ ޒުވާން އަންހެން މީހާ ފެނިއްޖެ
ގެއްލިގެން ހޯދަމުން ދިޔަ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް
ގެއްލިގެން ހޯދަމުން ދިޔަ ލ. މުންޑޫ، ގުލްޒާރުގެ، އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް ފެނިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މާލޭގައި ދިރިއުޅެމުންދާ މާއީ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާއިލާއިން ކުރަމުން ދަނިކޮށް، މިއަދުގެ ވަގުތެއްގައި އޭނާ ވަނީ އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅުމަށްފަހު، އެ ސްޓޭޝަނަށް ހާޒިރުވެފައެވެ.
ފުލުހުން ބުނީ މާއީގެ ހާލު ރަނގަޅު ކަމަށެވެ. އަދި އޭނާ ގެއްލެން މެދުވެރިވި ސަބަބާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުންގެ ފަރާތުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.