Ads by Farudhun

ޚަބަރު

ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސީ ފޮތުން ނަޝީދާއި ޔާމީން ފިލާވަޅު ނަންގަވަން ޖެހޭ: ފަލާހު

ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސީ ފޮތުން ނަޝީދާއި ޔާމީން ފިލާވަޅު ނަންގަވަން ޖެހޭ: ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހު - ފޮޓޯ: ދަ ސްޓޭންޑަދް މޯލްޑިވްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

05 ސެޕްޓެމްބަރު 2026، 11:32

05 ސެޕްޓެމްބަރު 2026، 11:32

ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ޒަމާނީ ސިޔާސީ ވިސްނުންފުޅާއި ސިޔާސަތުތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ދުނިޔޭގެ ސިޔާސީ މަސްރަހާއި އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ މި ދަނޑިވަޅުގައި، ކުރީގެ ވެރިން އަދިވެސް އުޅުއްވަނީ ބާވެފައިވާ ގޮތްތަކަކަށް ކަމަށެވެ. އެގޮތުން، ރާއްޖޭގެ ޑޮލަރުގެ އަގު 23 ރުފިޔާގައި ހުރުމަށްފަހު މިހާރު ދަށަށް ދާން ފަށާފައިވާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ހުރި މިންވަރަށް ޑޮލަރުގެ އަގު އަދި ތިރިވާނެ ކަމަށެވެ.

"މިހާރު ރައީސް ޑރ. މުއިއްޒު ކިޔަވާ ވިދާޅުވާ ސިޔާސީ ފޮތުން، އެ ބޭފުޅުންވެސް އެބަ ޖެހޭ ފިލަވާޅު ނަންގަވަން އެއިރަށް ކުރިއަށް ކަނޑާނީ،".

ފަލާހް ވިދާޅުވިއެވެ.

ގާނޫނަށް އިސްލާހު ގެނެސްގެން ޑޮލަރުގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް ވިދާޅުވި އިގްތިސާދީ މާހިރުންގެ ވިސްނުން މިހާރު ވަނީ ބޯދާވެފައި ކަމަށާއި، ފަސް އަހަރު ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން އެ ބޭފުޅުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ފަހަތަށް ގޮސްފައިވާ ކަމަށް ފަލާހު ސިފަކުރެއްވިއެވެ.

ރައީސް ޔާމީނަށް އިޝާރާތް ކުރައްވަމުން ފަލާހު ވިދާޅުވީ، އެމަނިކުފާނުގެ އަތްޕުޅުގައި ގިނަ އަދަދަކަށް ފައިސާ ހުރި ނަމަވެސް، ދުނިޔެވީ އުފަލެއް ނުހޯއްދަވައި ގޭގައި ވަގުތު ހޭދަކުރައްވަނީ ކަމަށެވެ. އަދި ރައީސް ނަޝީދު ވެސް ފާއިތުވި ފަސް އަހަރު ގާނާ ފަދަ ގައުމުތަކުގައި އުޅުއްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބަދަލުތައް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މި ދެ ބޭފުޅުންނަށް ވެސް ރާއްޖޭގެ ސިޔާސީ އޮއިވަރު މިހާރު ދެނެގަނެވިފައި ނުވާ ކަމަށާއި، މިހާރުގެ ހަގީގަތްތައް ދެނެގަތުމަށް ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ ގާތަށް ވަޑައިގެން އަމަލުކުރައްވާ ގޮތް ބަލައި، އެ މަނިކުފާނުގެ "ސިޔާސީ ފޮތުން" ފިލާވަޅު ދަސްކުރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވިއެވެ.

މީގެއިތުރުން، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ވެރިއަކަށް ދެވަނަ ދައުރެއް ރައްޔިތުން ނުދިން ސަބަބާމެދު ސިޔާސީ ޕާޓީތަކާއި ވެރިން ވިސްނައި ދިރާސާކުރަން ޖެހޭ ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ. އެގޮތުން ނަޝީދާއި ޔާމީންގެ ވެރިކަމުގައި ހިންގި ގޯސްތަކާއި، މަޖިލިސް މެންބަރުންނާ މެދު އޭރު ގެންގުޅުއްވި ހަރުކަށި ސިޔާސަތުތަކަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން މަޖިލިސް މެންބަރުންގެ މަސައްކަތްތަކަށް އެއްވެސް ނުފޫޒެއް ނޯންނަ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކާއި ރައީސް ޔާމީން އިސްވެ ހުންނަވައި 20 ވަނަ ރައްޔިތުންގެ މަޖިލިސް ހަލާކުކޮށްލުމަށާއި ސަރުކާރު ވައްޓާލަން ރޭވި ނަމަވެސް، ޕީއެންސީގެ ހުރިހާ މަޖިލިސް މެންބަރުން ތިއްބެވީ ރައީސް ޑރ. މުއިއްޒާއެކު ސާބިތުކަމާއެކު ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ. ހަމައެއާއެކު، ސިޔާސީ ވާދަވެރިންނާ ދިމާލަށް ހުތުރު ބަހުން ވާހަކަ ނުދެއްކުމަށް ރައީސް މުއިއްޒު އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450