Ads by Farudhun

ޚަބަރު

ރައީސް ޔާމީންގެ ވެރިކަން ނިމުނީ އަނބިދަށުވުމުން: އަބްދުއްރަޙީމް

ރައީސް ޔާމީންގެ ވެރިކަން ނިމުނީ އަނބިދަށުވުމުން: އަބްދުއްރަޙީމް

ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ---

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2026، 12:13

06 ސެޕްޓެމްބަރު 2026، 12:13

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަން ނިމިގެންދިޔައީ ކިބުރުވެރިކަމާއި އަނބިދަށުވުމުގެ ސަބަބުން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަޙީމް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހަކީ ކުއްތާ ގޮއްޓެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވި ކުރުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ބައެއް ކަމަށާއި، މެންބަރުން މަޖިލީހުގައި ބަސް އިއްވަވަނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް މުޚާތަބުކުރައްވާ ޤައުމުގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު، އަދި އެ ބޭފުޅަކު ވެސް އެތާންގައި 21 އަހަރު ދުވަސް ވަންދެން ޚިދުމަތް ކުރައްވަން އިންނެވި ބޭފުޅަކު ކުއްތާ ގޮއްޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ސިފާކުރީމައި ހާމަވަނީ އެ ބޭފުޅެއްގެ ހިތުގައި އޮތް ކިބުރުވެރިކަމާއި ބޮޑާކަން.

އަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔަ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަޙީމް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަން ނިމުނީ ކިބުރުވެރިކަމާއި ބޮޑާކަމުން ކަމަށެވެ. 

ވެރިކަން ނިމުނީ ނުލަފާކަމުން. ވެރިކަން ނިމުނީ ބަސް ނޭހީމައި. ވެރިކަން ނިމުނީ އަދުލު އިންސާފު ގާއިމް ނުކުރީމަ. ވެރިކަން ނިމުނީ އަނިޔާވެރިވީމަ. ވެރިކަން ނިމުނީ ޚިޔާނާތްތެރިވީމަ. ވެރިކަން ނިމުނީ ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލީމަ. ވެރިކަން ނިމުނީ އަނބިމީހާގެ ދަށުވީމަ.

އަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެއިތުރުން އަބްދުއްރަޙީމް ވިދާޅުވީ، މިއަދު ދިވެހި ރައްޔިތުން ރައީސް ޔާމީނު ބަލައިނުގަންނަ ކަމަށެވެ. އަދި އެ މަނިކުފާނުގެ އަރިހުގައި މިހާރު އިސްކޮށް އުޅުއްވާ މުޙައްމަދު މަލީހް ޖަމާލަކީ އަމިއްލަ ދާއިރާއަށް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވައިގެން އެންމެ 19 ވޯޓު ލިބުނު ބޭފުޅެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކަމަށާއި، މި ވެރިކަމުގައި ނުވަނީ ހަމައެކަނި ރައީސް ޔާމީން ބޭނުންފުޅުވާ ގޮތްތައް ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުން މި ސަރުކާރު ބަލައިގެންފައިވާ މިންވަރު ސަރުކާރު ހިންގާ ޕީއެންސީއަށް މެންބަރުން އިތުރުވަމުންދާ މިންވަރުން ސާފުވާ ކަމަށް ވިދާޅުވެ އަބްދުއްރަޙީމް ވިދާޅުވީ، "ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ 3،022 މެންބަރުން. މިއަދު 77،000 މެންބަރުންނާ ހަމައަށް މި ޕާޓީ މި ދަތުރުކުރީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ކުރާތީ، އަދި ރައްޔިތުންގެ އަޑު އަހައިގެން ވެރިކަން ކުރާތީ" ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450