Ads by Farudhun

ޚަބަރު

ފަސް އަހަރެއް ނުނިމޭ، އަދި ފާޑުކިޔާކަށް ޖާގައެއް ނެތް: އަބްދުއްރަހީމް

ފަސް އަހަރެއް ނުނިމޭ، އަދި ފާޑުކިޔާކަށް ޖާގައެއް ނެތް: އަބްދުއްރަހީމް

އަބްދުއްރަހީމް އަބްދުﷲ--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 ސެޕްޓެމްބަރު 2026، 10:28

06 ސެޕްޓެމްބަރު 2026، 10:28

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފަސް އަހަރު އަދި ނުނިމޭ ކަމަށާއި، ވާދަވެރިން މި ވެރިކަމަށް ފާޑުކިޔަން އަދި ޖާގަނެތް ކަމަށް  ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވުނު ކޮންގްރެސް ޕާޓީގެ ފޯރި ގަދަ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރު ޕާޓީގެ ދަފްތަރުގައި ހިމެނެނީ އެންމެ 3،022 މެންބަރުންނެވެ. ނަމަވެސް، މިހާރު 77،000 އަށް ވުރެ ގިނަ މެންބަރުންނާއެކު ރާއްޖޭގެ އެންމެ ބިޔަ ސިޔާސީ ޕާޓީގެ މަގާމު ޕީއެންސީއަށް ލިބިފައިވަނީ، ރައީސް މުއިއްޒު ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ވެރިކަން ހިންގަވަމުން ގެންދަވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވެގެންނޭ އަޅުގަނޑު މިބުނަނީ މި ގައުމުގައި އަދުލު އިންސާފު ގާއިމުކުރާތަން މިއަދު ފެނެއޭ، މަގުމަތި އަމާންވެއްޖެއޭ، ރައްޔިތުން ތިބީ ހަމަޖެހިގެންނޭ، ތަރައްގީއަކީ ހަމައެކަނި ބުރިޖެއް ނޫން، ހަގީގީ ތަރައްގީއަކީ ހަރުދަނާ އިންސާނީ މުޖުތަމައެއް ބިނާކުރުން، އެ މަސައްކަތް ކުރަމުން މި ދަނީ، ފަސް އަހަރެއް ނުނިމެއޭ، އަދި ނެތޭ ފާޑުކިޔޭކަށް ޖާގައެއް، އަޅުގަނޑުމެންގެ ސަރުކާރުން ނެގި ދަރަންޏެއް ނޫނޭ ދެއްކީކީ،"

އަބްދުއްރަހީމް ވިދާޅުވިއެވެ.

އަދި ސަރުކާރުން ގެންދަވަނީ ދަރަނިތައް ދައްކަވަމުން ކަމަށާއި، އެއީ ކުރީ ސަރުކާރުތަކުގައި ނަގާފައިވާ ދަރަނިތައްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. 

"ދަރަނި ދައްކާފަ މިއަދު ތަރައްޤީއާއެކު ކުރިއަށްމި ދަނީ. އެއީ ރައީސް މުޢިއްޒުގެ މޮޅުކަމަކީ. އެ ދަރަނިދެއް0ކެވީ ބޭރުން ދަރަނި ނެންގެވުމަކާ ނުލާ،"

އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސް ވަނީ، ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބާއްވާ  ޕީއެންސީގެ މަތީ މަޖިލީސް ނިމިގެންދާއިރު، 2028 ވަނަ އަހަރު ރައީސް ޑރ. މުޙައްމދު މުޢިއްޒުގެ ކެމްޕެއިން ޓީމް އެކުލަވާލާ ނިންމާނެކަމަށް ވިދާޅުވެފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450