Ads by Farudhun

ޚަބަރު

ރައީސް މުޢިއްޒު ގެންދަވަނީ ފުނޑާލާފައި އޮތް އިގްތިސާދެއް ކޮޅަށްޖަހަމުން: ޝުޖާއު

ރައީސް މުޢިއްޒު ގެންދަވަނީ ފުނޑާލާފައި އޮތް އިގްތިސާދެއް ކޮޅަށްޖަހަމުން: ޝުޖާއު

ބާރަށު އެމްޕީ ޝުޖާއު--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 ސެޕްޓެމްބަރު 2026، 11:35

06 ސެޕްޓެމްބަރު 2026، 11:35

ރައީސް މުޢިއްޒު ގެންދަވަނީ ފުނޑާލާފައި އޮތް އިގްތިސާދެއް ކޮޅަށްޖަހަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވުނު ކޮންގްރެސް ޕާޓީގެ ފޯރި ގަދަ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރާއްޖެއަށް ދިމާވަމުންދާ  ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްކުރައްވަމުން ގެންދަވަނީ، ކެތްތެރިކަމާއި ސާބިތުކަމާއެކުގައިކަމަށެވެ. 

އެގޮތުން މެންބަރު ވަނީ 23 ރުފިޔާއަށް ލިބެމުން ދިޔަ ޑޮލަރުގެ އަގު މިހާރު ދަނީ ތިރިވަމުން ކަމަށް ވިދާޅުވެފައެވެ. އެއީ ކެތްތެރިކަމާއެކު ރާއްޖޭގެ ގާނުނުތަކަށް ބަދަލުގެންނަވައިގެން ތަންފީޒުކުރައްވާ ހަރުދަނާ ސިޔާސަތުގެ ސަބަބުން ނިކުތް ނަތީޖާއެއްކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ.

އަދުގެ ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދެއްވާފައިވާ ކަމަށާއި، މަސްވެރިންނާއި، ދަނޑުވެރިންނާއި، އިގްތިސާދުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ފުދިގެން ދިރިއުޅެވޭނެ ފަދަ މަގެއް ފަހިކޮށްދެއްވާފައިވާ ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ މަގުތައް އަމާންކުރެވިފައިވާ ކަމަށާއި، ރާއްޖޭގައި އޮތް ބިދޭސީންގެ ވަގު ވިޔަފާރީގެ މައްސަލަ ވެސް ވަނީ ހައްލުކުރެވިފައި ކަމަށް މެންބަރު ވިދާޅުވިއެވެ.

"މިއަދު ދިވެހިރާއްޖޭގައި ނޫޅޭނެ ހަތަރެސްފައިގެ ނިޝާން ނެތް އެއްވެސް ބިދޭސީއަކު، މިއީ ގައުމަށް ބޭނުންވެފައި ހުރި ކަންކަން، އެ މައްސަލަތައް ހައްލުކުރައްވަމުން ގަސްދުގައި ރޭވިގެން ފުނޑާލާފައި އޮތް އިގްތިސާދެއް ނަގާ ކޮޅަށް ޖަހަމުން ރައީސް މުއިއްޒު ވަޑައިގަންނަވާއިރުގައި ރައްޔިތުން އެބަޖެހޭ މިކަންކަމުގައި ރައީސް މުއިއްޒަށް އެއްބާރުލުން ދެއްވަން"

ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ،  ޕީއެންސީއަށް ފާޑުކިޔަމުން އަންނަ ފަރާތްތަކަކީ، އެ ޕާޓީއަށް ފާޑު ނުކިޔަންޖެހޭ ފަރާތްތައް ކަމަށެވެ. އެހެންވެ، ގައުމުގެ ހާލަތާމެދު ފުންކޮށް ވިސްނުމަށްފަހު، ކުރިއަށް އޮތް ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ހިންގުމުގެ އޮނިގަނޑު ފުރިހަމައަށް ތަރުތީބުކުރަންޖެހޭނެ ކަމުގައި ޝުޖާއު ފާހަގަކުރެއްވިއެވެ.

ޝުޖާއުގެ ވާހަކަފުޅު ނިންމަވާލެއްވީ، ޕީއެންސީގެ ފަރާތުން އަބަދުވެސް ހިންގާނީ ރައްޔިތުންގެ މަސްލަހަތު އިސްކުރާ، ރައްޔިތުން އެދޭފަދަ ވެރިކަމެއް ކަމަށް ވިދާޅުވަމުންނެވެ. އަދި 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށް ޓަކައި، ޕާޓީގެ އެންމެހައި މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް މެންބަރު އިލްތިމާސްކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450