Ads by Farudhun

ޚަބަރު

ދިއްދޫ ވޮލީ ކޯޓުގައި ކާޕެޓު އަޅައި، މަސައްކަތް އެއްކޮށް ނިންމާލައިފި

ދިއްދޫ ވޮލީ ކޯޓުގައި ކާޕެޓު އަޅައި، މަސައްކަތް އެއްކޮށް ނިންމާލައިފި

ދިއްދޫ ވޮލީ ކޯޓުގައި ކާޕެޓް އެޅުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ސެޕްޓެމްބަރު 2026، 12:10

06 ސެޕްޓެމްބަރު 2026، 12:10

ހއ. ދިއްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްގީ ކުރަމުން ދިޔަ ވޮލީ ކޯޓު ޕިޗުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫއަކީ ދިއްދޫގެ ޒުވާނުންނާއި ވޮލީ ކުޅުންތެރިންނަށް ފެންވަރު ރަނގަޅު، ޒަމާނީ އައުޓްޑޯ ވޮލީ ކޯޓެއް ގާއިމުކޮށްދިނުމުގެ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއު ތަރައްގީ ކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ 2023 ވަނަ އަހަރުގެ މޭއި މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ވޮލީ ކޯޓުގެ ސަބްބޭސް ތައްޔާރުކުރުމާއި، ޕިޗު އެޅުމުގެ އިތުރުން ރައްކާތެރިކަމުގެ ފެންސް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެމްޓީސީސީން ބުނީ ކޯޓުގެ ސްޓްރަކްޗަރަލް މަސައްކަތްތަކާއި، ފެންސް ވެލްޑިންގ އަދި ޕިޗް އެޅުމުގެ އެންމެހައި މަސައްކަތްތައް މިހާރު ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ.



ރަށު ފެންވަރުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އިތުރުން، އެމްޓީސީސީން އަންނަނީ ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ވެސް ހިންގަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450