Ads by Farudhun

ޚަބަރު

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕުގައި ބައިވެރިވުމަށް ހުޅުވާލައިފި

އައިޖީއެމްއެޗްގެ މެޑިކަލް އިންޓަރންޝިޕުގައި ބައިވެރިވުމަށް ހުޅުވާލައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ދައުރު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 ސެޕްޓެމްބަރު 2026، 12:10

06 ސެޕްޓެމްބަރު 2026، 12:10

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގެ 13 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު  ހުޅުވާލައިފިއެވެ.

މިކަން ހާމަކުރައްވާ ކުރެއްވި އިއުލާނެއްގައި އައިޖީއެމްއެޗްއިން ވިދާޅުވީ، ބައިވެރިވާން ބޭނުންވާ ފަރާތްތަކަން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 06 ސެޕްޓެމްބަރ 2026 ވާ އަދިއްތަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން 24 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 12:00 ނިޔަލަށް ވަނީ ހުޅުވައިލެވިފައި ކަމަށެވެ. މިކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރންޝިޕަށް ހޮވިގެންދާނީ 24 ފަރާތެކެވެ.

މި އިންޓަރންޝިޕަށް އެދި  ހުށަހަޅާ ފަރާތްތަކަކީ، މެޑިކަލް ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓާއި، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް ވެސް އޮތް ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ވެސް އޮވެގެން ނުވާނެ ކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.

ފޯމާއެކު ހުށައަޅަންޖެހޭ ތަކެތީގެ ތެރޭގައި  މެޑިކަލް ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ ހިމެނެއެވެ. 

މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް www.igmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށާއި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 ދަރުމަވަންތަ ހޮސްޕިޓަލްގެ އެން.އެޗް.އޭ އޮފީހުން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ހުރިހާ ލިޔެކިޔުންތަކާއި އެކު 24 ސެޕްޓެމްބަރ 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލްގެ އެން.އެޗް.އޭ އޮފީހަށް އެޕްލިކޭޝަން ފޯމް ހުށައެޅަންޖެހެއެވެ. އަދި ފޯމު އީމެއިލްގެ ޒަރިއްޔާއިން ބަލައި ނުގަނެވޭނެ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 24 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ ޕްެރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450