Ads by Farudhun

ޚަބަރު

ތެޔޮފުޅިއެއްގެ އަގު ހުރީ 19 ރުފިޔާ 50 ލާރިއަށް ކަމަށް ޔާމީނަށް ދެންނެވުމަށް މިނިސްޓަރު ސައީދު އެދިވަޑައިގެންނެވި: ޝުޖާއު

ތެޔޮފުޅިއެއްގެ އަގު ހުރީ 19 ރުފިޔާ 50 ލާރިއަށް ކަމަށް ޔާމީނަށް ދެންނެވުމަށް މިނިސްޓަރު ސައީދު އެދިވަޑައިގެންނެވި: ޝުޖާއު

ބާރަށު މެމްބަރު ޝުޖާއު - ފޮޓޯ: އެޓޯލް ޓައިމްސް

farudhun logo

ފަރުދުން

06 ސެޕްޓެމްބަރު 2026، 01:14

06 ސެޕްޓެމްބަރު 2026، 01:14

ތެޔޮފުޅިއެއްގެ އަގު މިހާރު ހުރީ 19.50 ރުފިޔާއަށް ކަމަށާއި، ކުރިއަށް އޮތް އަންގާރަ ދުވަހާ ހިސާބަށް ދާއިރު އެ އަގު 18 ރުފިޔާއަށް ތިރިވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދެންނެވުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެދިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ޖަލްސާއަށް ވަޑައިގަތުމުގެ ކުރިން މިނިސްޓަރު ސަޢީދު ފޯނުން ގުޅުއްވައި، ރައީސް ޔާމީނަށް ރައްދުކުރެއްވުމަށް ޚާއްޞަ މެސެޖެއް ހަވާލުކުރެއްވި ކަމަށެވެ. އެގޮތުން ޝުޖާއު އެންމެ ފުރަތަމަ ވެސް ހިއްސާކުރެއްވީ މިނިސްޓަރު ސަޢީދުގެ އެ މެސެޖެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މިއީ ކައްކަން ބޭނުންކުރާ ތެލުގެ ވާހަކައެއް ނޫން ކަމަށާއި، ގައިގައި ރިއްސާތީ އުނގުޅާ ތެލުގެ ވާހަކަ ކަމަށެވެ.

"ޔާމީނަށް ދަންނަވާށޭ ތެޔޮ ފުޅިއެއްގެ އަގު ހުރީ 19ރ. އަށޭ. މިއީ ކައްކާ ތެލުގެ ވާހަކައެއް ނޫނޭ. ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނޭ، މިއީ ތަދުވާތީ ތަންތަނުގައި ދަމަން ގެންގުޅޭ ތެލޭ، މިވަގުތު ހުރީ 19.50ރ. އަދި ދަންނަވާލައްޗޭ އަންގާރަ ހިސާބުގައި އެ ތެޔޮ 18ރ. އަށް ލިބޭނެ. އެއީ ރަައީސް ޔާމީނަށް ހާއްސަކޮށްފައި އޮތް ތެލެކޭ،". 

އިކޮނޮމިކް މިނިސްޓަރުގެ ވާހަކަ ހިއްސާ ކުރައްވަމުން ޝުޖާއު ވިދާޅުވިއެވެ.

ޕީއެންސީގެ ހަރުގޭގައި މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި އިޤްތިޞާދީ ނިންމެވުންތަކަށް ފާޑުވިދާޅުވެ، ކުރީގެ ރައީސް ޔާމީން ސިޔާސީ އެއްވުންތަކުގައި ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450