Ads by Farudhun

ޚަބަރު

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އެނދު ނެރެފި

އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް ހާހަކަށްވުރެ ގިނަ އެނދު ނެރެފި

ރާއްޖޭގެ ރިސޯޓެއް. ފޮޓޯ: އިންޓަރނެޓް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ސެޕްޓެމްބަރު 2026، 02:07

06 ސެޕްޓެމްބަރު 2026، 02:07

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 1,000 އަށްވުރެ ގިނަ އެނދު ނެރެ އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް ޖުމްލަ 68,544 އެނދު ވަނީ ނެރެފައެވެ. މިދިޔަ އަހަރު ނިމުނުއިރު މި އަދަދު ހުރީ 67,475 ގައެވެ. އެހެންކަމުން މިއީ މި އަހަރުގެ މިހާތަނަށް 1,069 އެނދުގެ ކުރިއެރުމެކެވެ.

އެނދުގެ އަދަދުތަކާއި ފެސިލިޓީތަކުގެ ތަފްސީލު
ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 45,891 އެނދާއި، ގެސްޓުހައުސްތަކުގެ 17,268 އެނދެވެ. މީގެއިތުރުން ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,481 އެނދުގެ އިތުރުން ހޮޓާތަކުގެ 2,654 އެނދު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މިހާރު އޮޕަރޭޝަނުގައިވާ ފެސިލިޓީތަކުގެ އަދަދަށް ބަލާއިރު، ޖުމްލަ 1,323 ޓޫރިސްޓު ފެސިލިޓީއެއް ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 179 ރިސޯޓާއި، 956 ގެސްޓުހައުސް، 172 ސަފާރީ އުޅަނދުގެ އިތުރުން 16 ހޮޓަލެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ގޮތް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ސެޕްޓެންބަރު 5 ވަނަ ދުވަހުގެ ނިޔަލަށް މުޅި ޖުމްލަ 1.4 މިލިޔަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ކަމަށްވާ 1 މިލިޔަން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

މީގެ އިތުރުން، ގެސްޓުހައުސްތަކުގައި 3 ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓާތަކުގައި 33,513 ފަތުރުވެރިން އަދި ސަފާރީތަކުގައި 26,550 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.


 
 
 
 
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450