ޚަބަރު
ކިނޮޅަހު ފުޓްސެލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ރ. ކިނޮޅަހު ފުޓްސެލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕީޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، 200 މީޓަރުގެ ސަރަޙައްދެއްގައި ސިމެންތި ޖެހުމާއި ކުލަލުމުގެ މަސައްކަތްތައް ކަމަށެވެ.
ކޮނޮޅަހުގައި ފުޓްސަލް ދަނޑަކާއި ވޮލީ ކޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނި މިދިޔަ އަހަރުގެ ތެރޭގައެވެ.
މި މަޝްރޫއަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ކުންފުންޏާއި ހަވާލުކުރެވިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ އިތުރުން، އެ ރަށުގައި ވޮލީ ކޯޓެއް އެޅުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
Project Update: Construction of Futsal Ground at R. Kinolhas
— MTCC Plc (@MTCCPlc) September 6, 2026
200m plastering and painting works are ongoing.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/5dnZ1p3B8h
80،000 އެމެރިކާ ޑޮލަރުގެ ވޮލީ ކޯޓު މަޝްރޫޢު 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މީގެ ތެރޭގައި ކޯޓުގެ ކޮންކްރީޓް މަސައްކަތާއި، ވަށާފާރު ރޭނުމާއި، ޓާފް އެޅުމުގެ މަސައްކަތް ހިމެނެއެވެ. ފުޓްސަލް ދަނޑުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ ވެސް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ އަގަކީ 112،000 އެމެރިކާ ޑޮލަރެވެ.
އެ ރަށުގައި މިހާރު ބޭނުންކުރަމުން ދަނީ 2015 ވަނަ އަހަރު އަޅާފައިވާ ފުޓްސަލް ދަނޑެކެވެ. އެ ދަނޑަކީ ވަރަށް ކުޑަ އަދި ވަރަށް ބޮޑަށް ހަލާކުވެފައިވާ ދަނޑެކެވެ. މި އައު ފުޓްސަލް ދަނޑުގެ މަސައްކަތް ނިމުމުން ރަށުގައި ކުޅިވަރު ކުޅުމަށް އޮންނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމްޓީސީސީއިން ޤަބޫލުކުރައްވައެވެ.