Ads by Farudhun

ޚަބަރު

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ، ކޭމްޕެއިން ފެށުމަށް މީޑިއާތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ، ކޭމްޕެއިން ފެށުމަށް މީޑިއާތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ޔައުފާ ހުސެއިން އަދި މިނިސްޓަރު ހީނާ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

14 ސެޕްޓެމްބަރު 2026، 02:33

14 ސެޕްޓެމްބަރު 2026، 02:33

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ކެމްޕެއިން ފެށުމަށް މީޑިއާ ޕާޓްނަރުންނާއެކު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީ ބިލްޑިންގުގައި މިއަދު ބޭއްވި ޚާއްޞަ ޖަލްސާގައި، މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި އެކި މީޑިއާތަކާއެކު ވަނީ  އެއްބަސްވުންތައް އެކުލަވާލާފައެވެ. އެގޮތުން، މި މަޝްރޫޢުގެ މީޑިއާ ސްޕޮންސަރެއްގެ ގޮތުގައި "ފަރުދުން" މީޑިއާއިން ވެސް ވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން "ފަރުދުން" މީޑިއާއާ ދެމެދު ވަނީ އެމްއޯޔޫގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި "ފަރުދުން" މީޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިންގ އެންޑް އޮޕަރޭޝަންސް މެނޭޖަރު ޔައުފާ ޙުސައިންއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ހީނާ ވަލީދެވެ.

އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢަކީ މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ރިވެތި އަޚްލާޤީ ސިފަތައް އަށަގެންނެވުމުގެ މަޤްޞަދުގައި މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ސަރުކާރުން އިޢުލާންކުރައްވާފައިވާ މުހިންމު ޤައުމީ މަޝްރޫޢެކެވެ.

މިއަދުގެ ޖަލްސާގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދުތައް ހާސިލުކުރުމަށް ޓަކައި މީޑިއާތަކުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެންމެހައި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450