Ads by Farudhun

ޚަބަރު

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ސިޔާސީ ކޮންގްރެސް ޕީއެންސީން ފަށައިފި

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ސިޔާސީ ކޮންގްރެސް ޕީއެންސީން ފަށައިފި

ޕީއެންސީގެ ކޮންގރެސްއަށް ތައްޔާރުވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމުޙުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮންގްރެސްގެ ބޭފުޅންނާއި ބައްދަލު ކުރެއްވުން - ފޮޓޯ: ޕީއެންސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

15 ސެޕްޓެމްބަރު 2026، 08:34

15 ސެޕްޓެމްބަރު 2026، 08:34

ވެރިކަން ކުރާ ޕީޕަލް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އިންތިޒާމުކޮށްގެން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކޮންގްރެސް، 1300 އަށް ވުރެ ގިނަ މަންދޫބުންނާއެކު ޔޫތު ސެންޓަރުގައި މިއަދު ފަށައިފިއެވެ.

މި މަހުގެ 15 އިން 18 އަށް ކުރިއަށްދާ މި ކޮންގްރެސްގައި، ޕީއެންސީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން ޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ޤައުމީ ތަރައްޤީގެ އާ އުންމީދުތަކަކާއެކު ފެށި މި ކޮންގްރެސްގެ ފުރަތަމަ ދުވަހު ހެނދުނު 07:00 ގައި ފަށާ ސެޝަނަށްފަހު، އަސާސީ ޤަވާޢިދު އެކުލަވާލުމާއި، ޤައުމީ ތަރައްޤީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ޚާއްޞަ ސެޝަންތައް ކުރިއަށްދާނެއެވެ. މި ސެޝަންތައް މިރޭ 20:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި މަހުގެ 16 އަދި 17 ވަނަ ދުވަހު އޮންނާނީ ޕާޓީގެ ނައިބު ރައީސުންނާއި، މަތީ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމާއި، ވަޒީރުންގެ މަޢުލޫމާތު ސެޝަންތަކުގެ އިތުރުން ޒުވާނުންނާއި އަންހެނުންގެ ޚާއްޞަ ހަރަކާތްތަކެވެ. އަދި އަލަށް އެކުލަވާލެވޭ މަޤާމުތަކުގެ އިޤްރާރުވުމާއި، ކޮންގްރެސް ޕާޓީގެ މުސްތަޤުބަލުގެ ތަޞައްވުރު ހާމަކުރުން ވެސް މި ދުވަސްތަކުގައި ކުރިއަށްދާނެއެވެ.

ކޮންގްރެސް ނިންމުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވާ ހުކުރު ދުވަހުއެވެ. އެ ދުވަހު ކޮމިއުނިކޭޝަންސް ސެޝަނަކާއި، އެކުވެރިކަމުގެ 'ވިލުނޫ ހަވީރު' ކުރިއަށްދާއިރު، ރޭގަނޑު 20:00 ގައި އޮންނާނީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތާއި ފޮޓޯ ސެޝަނެވެ.

ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި ކޮންގްރެސްގެ ސަބަބުން ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމާއި ފޯރިއާއި ޖޯޝް އިތުރުވެގެންދާނެއެވެ. އަދި ޕާޓީގެ ކަންކަމާއި ޤައުމުގެ ތަރައްޤީގެ ކަންކަން އާ އުސްމިންތަކަކަށް ގެންދިއުމަށް މި ކޮންގްރެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450