Ads by Farudhun

ޚަބަރު

ޕީއެންސީއިން ޒުވާނުންނަށް ހާއްސަކުރި 7 ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފި

ޕީއެންސީއިން ޒުވާނުންނަށް ހާއްސަކުރި 7 ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފި

ޕީއެންސީގެ ކޮންގްރެސް. ފޮޓޯ: ޕީއެންސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ސެޕްޓެމްބަރު 2026، 11:41

16 ސެޕްޓެމްބަރު 2026، 11:41

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ މަޖިލީހުގައި ޒުވާނުން ތަމްސީލުކުރުމަށް ކަނޑައެޅި ހަތް މަޤާމަށް ބޭފުޅުން ހޮވައިފިއެވެ.

1300 އަށް ވުރެ ގިނަ މަންދޫބުންނާއެކު ޔޫތު ސެންޓަރުގައި ޕީއެންސީގެ ކޮންގްރެސް ފަށާފައިވާއިރު، މި ކޮންގްރެސްގައި މިއަދު ވޯޓުލުމުގެ ކަންކަން ވަނީ ފަށާފައެވެ. އެގޮތުން، އެންމެ ފުރަތަމަ ވޯޓުލައިފައި ވަނީ ނައިބު ރައީސުން އިންތިޚާބު ކުރުމަށެވެ. ޒުވާނުންނަށް ހާއްސަކުރި 7 ގޮނޑިއަށް 13  މެންބަރަކު ވަނީ ވާދަކުރައްވާފައެވެ.

ހޮވުނު ބޭފުޅުން:

  1. ސިމާން ހާދީ: 881 ވޯޓު 
  2. އިބްރާހީމް އަދްޔާން ނިމާލް: 857 ވޯޓު
  3. މަލްޝާ ޝަރީފު: 856 ވޯޓު 
  4. މުހައްމަދު އަސީލު: 852 ވޯޓު 
  5. ލުޖައިނުﷲ ޒުހައިރު: 851 ވޯޓު 
  6. އިސްމާއީލް ރިފާއު: 850 ވޯޓު
  7. ހައްމާދު ރަޝީދު: 849 ވޯޓު 

މެންބަރުންގެ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑިތަކަށް މެންބަރުން މިހާރު ހޮވިފައިވާއިރު، އެ މަޖިލީހަށް ޢާންމުކޮށް ހުޅުވާލައިގެން ހޮވާ 18 މަޤާމަށް 70 އަށް ވުރެ ގިނަ ފަރާތަކުން ވާދަކުރައްވައެވެ. 

ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، މި ކޮންގްރެސްގެ ސަބަބުން ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަމާއި ފޯރިއާއި ޖޯޝް އިތުރުވެގެންދާނެއެވެ. އަދި ޕާޓީގެ ކަންކަމާއި ޤައުމުގެ ތަރައްޤީގެ ކަންކަން އާ އުސްމިންތަކަކަށް ގެންދިއުމަށް މި ކޮންގްރެސް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450