Ads by Farudhun

ޚަބަރު

ޕީއެންސީ މެމްބަރުންގެ މަޖިލީހަށް 10 އަންހެން މެމްބަރުން ހޮވައިފި

ޕީއެންސީ މެމްބަރުންގެ މަޖިލީހަށް 10 އަންހެން މެމްބަރުން ހޮވައިފި

ޕީއެންސީގެ ކޮންގްރެސް. ފޮޓޯ: ޕީއެންސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ސެޕްޓެމްބަރު 2026، 12:09

16 ސެޕްޓެމްބަރު 2026، 12:09

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ މަޖިލީހުގެ ގޮނޑިތަކުގެ ތެރެއިން އަންހެން ބޭފުޅުންނަށް ހާއްސަކުރި ދިހަ ގޮނޑިއަށް ބޭފުޅުން އިންތިހާބުކޮށްފިއެވެ.

އިއްޔެ ފެށިގެން ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުގެ ތެރެއިން މިއަދުގެ ވަގުތުތަކުގައި ކުރިއަށްގެންދަނީ އެ ޕާޓީގެ އެކި މަޤާމުތަކަށް މެންބަރުން ހޮވުމުގެ މަސައްކަތެވެ. އެގޮތުން ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް މިހާރު ވަނީ ހަ ބޭފުޅަކު އިންތިޚާބުކޮށްފައެވެ. މީގެއިތުރުން، ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ވެސް މެންބަރުން އިންތިޚާބުކުރުން ކުރިއަށްދާނެއެވެ.

ޕީއެންސީގެ މެންބަރުންގެ މަޖިލީހުގައި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްފައިވާ 10 ގޮނޑިއަށް ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ހޮވުނު ބޭފުޅުން:

  1.  މަރްޔަމް ޝިއުނާ
  2. ޝެރީން އަބްދުއްސަމަދް
  3. އާއިޝަތު މުހައްމަދު
  4. ފާތިމަތު ރުހުސާނާ
  5. ފާތިމަތު މިޒުނާ
  6. ފާތިމަތު މުހައްމަދު
  7. އާސިޔަތު ރިޔާސާ
  8. އާމިނަތު ނަމްޒާ
  9. އާމިނަތު ޝުހުދާ
  10. މަރިޔަމް ސާމިޔާ

ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތީ ޢަދަދަކަށް ވޯޓު ހޯއްދަވައިގެން މެންބަރުންގެ މަޖިލީހަށް ހޮވިވަޑައިގަތީ މަރްޔަމް ޝިއުނާއެވެ. އޭނާއަށް ޖުމްލަ 931 މަންދޫބުންގެ ވޯޓު ލިބިވަޑައިގެންނެވިއެވެ.

މެންބަރުންގެ މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑިތަކަށް މެންބަރުން މިހާރު ހޮވިފައިވާއިރު، އެ މަޖިލީހަށް ޢާންމުކޮށް ހުޅުވާލައިގެން ހޮވާ 18 މަޤާމަށް 70 އަށް ވުރެ ގިނަ ފަރާތަކުން ވާދަކުރައްވައެވެ. 

ޕީއެންސީން ހާމަކުރި ގޮތުގައި، މި ބާއްވާ ކޮންގްރެސްގެ ސަބަބުން ޕާޓީގެ އެތެރޭގެ ގުޅުން ބަދަހިވެ، މެންބަރުންގެ މެދުގައި އޮތް ޖޯޝާއި ޙަރަކާތްތެރިކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ. މީގެއިތުރުން ޕާޓީގެ ކުރިއެރުމަށާއި މުޅި ޤައުމުގެ ތަރައްޤީ އައު ހަރުފަތަކަށް ވާޞިލުކުރުމަށް ޓަކައި މި ކޮންގްރެސް މުހިންމު ބިންގަލަކަށް ވެގެންދާނެކަން އެ ޕާޓީން ފާހަގަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450