Ads by Farudhun

ޚަބަރު

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް 18 މެންބަރުން އިންތިހާބުކޮށްފި

ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް 18 މެންބަރުން އިންތިހާބުކޮށްފި

ޕީއެންސީގެ ކޮންގްރެސް. ފޮޓޯ: ޕީއެންސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

16 ސެޕްޓެމްބަރު 2026، 02:00

16 ސެޕްޓެމްބަރު 2026، 02:00

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ މަޖިލީހަށް ހޮވާ 18 އާއްމު މެންބަރުން، އެ ޕާޓީގެ މަތީ މަޖިލީހުގައި އިންތިހާބުކޮށްފިއެވެ. 

ޕީއެންސީގެ މަތީ މަޖިލީހުގައި މިއަދު ކުރިއަށްދިޔައީ ޕާޓީގެ ނައިބު ރައީސުންނާއި މެންބަރުންގެ މަޖިލީހުގެ މަޤާމުތަކަށް މީހުން ހޮވުމަށް ވޯޓުލުމެވެ. މިގޮތުން ޕާޓީގެ 6 ނައިބު ރައީސުންގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކަށާއި، ޢާންމުކޮށް ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ހޮވާ 18 މަޤާމަށް ބޭފުޅުން އިންތިޚާބުކުރުމުގެ ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މެންބަރުންގެ މަޖިލީހަށް ހޮވަން ކަނޑައެޅިފައިވާ 18 މަޤާމަށް 70 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. 

ހޮވުނު ބޭފުޅުން:

  1. އަބްދުﷲ މުފީދު - 709 ވޯޓް
  2. ޝުއާއުﷲ ސައީދު - 694 ވޯޓް
  3. އަމާނީ މުހައްމަދު - 701 ވޯޓް
  4. އިބްރާހިމް ރައްޒާން - 700 ވޯޓް
  5. މުހައްމަދު މަބްރޫކް - 687 ވޯޓް
  6. ހުސައިން ޔާމީން މުހައްމަދު - 746 ވޯޓް
  7. އަހުމަދު ޝިފާއު - 683 ވޯޓް
  8. ހަސަން މާއިލް އަލީ - 693 ވޯޓް
  9. މުހައްމަދު ނަޝާތު ރަޝީދު - 691 ވޯޓް
  10. ހަސަން ފައިހަތު ގުދްރަތުﷲ - 692 ވޯޓް
  11. މުހައްމަދު އަރީޝް - 688 ވޯޓް
  12. މުހައްމަދު އާސިފް - 711 ވޯޓް
  13. މުހައްމަދު ވަހީދު - 682 ވޯޓް
  14. މުހައްމަދު އަބްދުﷲ - 722 ވޯޓް
  15. މުހައްމަދު ކިނާން - 689 ވޯޓް
  16. އަހްމަދު ހަމްދުﷲ ރަޝީދު - 747 ވޯޓް
  17. އަހުމަދު ސިއްދީގް - 696 ވޯޓް
  18. އިސްމާއިލް ސުހެއިލް - 685 ވޯޓް

ޕީއެންސީގެ ކޮންގްރެސްގައި  އިންތިހާބު މިއަދު ކާމިޔާބުކުރެއްވި ފަރާތްތަކުން މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ މިރޭ ބާއްވާ ހާއްސަ ހަފުލާގައި މަގާމުގެ އިގުރާރުގައި ސޮއިކުރެއްވުމަށް ފަހުގައެވެ. މިއަދު ބޭއްވި މި އިންތިހާބުގައި 1،200 އަށް ވުރެ ގިނަ މަންދޫބުން ވަނީ ވޯޓުލުމުގައި ބައިވެރިވެވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450