Ads by Farudhun

ޚަބަރު

ޑްރަގުގެ ވަބާ ފުހެލަން ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް

ޑްރަގުގެ ވަބާ ފުހެލަން ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް

މިނިސްޓަރު އިހުސާން - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

16 ސެޕްޓެމްބަރު 2026، 11:25

16 ސެޕްޓެމްބަރު 2026، 11:25

ދިވެހިރާއްޖެއިން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާ މުޅިން ފުހެލުމަށްޓަކައި ސަރުކާރުން ހަރުދަނާ އަދި ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިާ ކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލިސްގައި ބޭއްވި ސެޝަންއެއްގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖެއިން ޑްރަގުގެ ވަބާ ނައްތާލުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ޑްރަގުގެ މައްސަލަ އެއްކޮށް ހައްލުކުރުމަށްޓަކައި ސަރުކާރުން މައިގަނޑު ދެ އެޕްރޯޗަކަށް މަސައްކަތްތައް ބަހާލައިގެން ކުރިއަށް ގެންދާ ކަމަށް އިހުސާން ވިދާލުވިއެވެ. އެގޮތުން ފުރަތަމަ ކަމަކީ ރާއްޖެއަށް މަސްތުވާތަކެތި ސަޕްލައިކުރުމާއި، އެ ތަކެތި ބެހުމާއި އަދި ވިއްކުން ހުއްޓުވުމެވެ. އަދި ދެވަނަ ކަމަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ނުވަތަ އެ ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ދުރުކޮށް ފަރުވާގެ ނިޒާމުގެ ތެރެއަށް ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން މި މަސައްކަތް ކުރަމުން އަންނަތާ މިހާރު 10 ވަރަކަށް އަހަރު ވެފައިވާއިރު، އެ ޤާނޫނުގައި ގިނަ ފުށުއެރުންތަކަކާއި ބޮޑެތި ގެޕްތަކެއް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އޭގެ ސަބަބުން މި ވަބާގައި މީހުން ޖައްސައި ޑްރަގް ވިޔަފާރިކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވީ އެވަބާގައި މީހުން ޖައްސައި ޑްރަގުގެ މުއާމަލާތްކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ އެންމެ ހަރުކަށި އަދަބޭ، އެއީ މަރުގެ އަދަބޭ. ރާއްޖެއަށް ޑްރަގު އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތައް ވަކި އަދަބަކަށްވުރެ މަތިން ދެވެންޏާ ދޭނީ މަރުގެ އަދަބޭ،" 

ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ޑްރަގުގެ ވަބާ ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިހާރު ވަނީ ޤާނޫނަށް އިޞްލާޙު ގެނެސް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް ފާސްކޮށްފައި ކަމަށްވެސް ވަޒީރު އިޙްސާން ވަނީ ފާހަގަކުރައްވާފައެވެ.

ޑްރަގުގެ މައްސަލަ އެޓޭކް ކުރުމަށްޓަކައި ނެގީ ދެ އެޕްރޯޗެއް، ފުރަތަމަ އެޕްރޯޗަކީ ރައްޖެއަށް ސަޕްލައިކޮށް، މި ބަހާ ބެހުން ނުވަތަ ވިއްކާ ވިއްކުން ހުއްޓުވުން. ދެ ވަނަ ކަމަށް މަސްތުވާ ތަކެއްޗަށް ޑިޕެންޑްވެފައި ނުވަތަ އެކަމުގެ ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ދުރުކުރުން."

އިހުސާން ވިދާޅުވިއެވެ.

މަސްތުވާ ތަކެތީގެ މައްސަލައަކީ ރައްޖޭގައި އޮތް އެންމެ ހައްސާސް އެއް މައްސަލައަށް ވީ ހިނދު އަދުގެ ސަރުކާރުން ދަނީ އެކަން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަސްތުވާތަކެތީގެ މައްސަލައަކީ މީގެ އެއްތަށް އަހަރަކުން ފެށިގެން އައިސް، މިއަދު މުޅި ގައުމުގައި މޫލައި ހަރުލާފައިވާ މައްސަލައެކެވެ.

މީގެ ކުރިން ސަރުކާރުތަކުން މިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް ނާއްޅުއްވާ، އެދެވޭ ހައްލުތަކެއް ނުގެނެސް ބޭއްވުމުގެ ސަބަބުން މިއަދު ވަނީ މި ގައުމުގެ އެތަކެއް ޒުވާނުންނެއް މަސްތުވާ ތަކެތީގައި ޖެހި ހަލާކުވެފައެވެ. އަދި މި ވަބާގައި މަރުވެގެން ދިތަ ދަރިންވެސް މަދެއް ނޫނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450