ޚަބަރު
މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އިނގިރޭސިވިލާތާއެކު މަޝްވަރާކޮށްފި
ސަފީރު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތް. ފޮޓޯ؛ ވުޒާރާ
މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު (ހައިކޮމިޝަނަރ) ހިޒް އެކްސެލެންސީ ނިކް ލޯއާއެކު މަޝްވަރާކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ވަނީ، ސަފީރު، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ މަސައްކަތްތައް އަދި ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ހާއްސަގޮތެއްގައި މަޝްވަރާކުރައްވާފައިވާކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ.
H.E. Nick Low, British High Commissioner to the Maldives, paid a courtesy call on H.E. Ali Shareef, Minister of Climate Change, Environment and Energy.
— Min. of Climate Change, Environment and Energy, MV (@MoEnvmv) September 15, 2026
The meeting provided an opportunity to discuss areas of mutual interest and strengthen cooperation between the Maldives and the… pic.twitter.com/zApXXIqc79
މި ބައްދަލުވުން ނިންމަވާލައްވަމުން، ކުރިއަށް އޮތް ތަނުގައި ވެސް ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ދެފަރާތުން ވަނީ ފާހަގަކުރައްވާފައެވެ.
އިނގެރޭސިވިލާތުން ރާއްޖެއަށް އެކި ދާއިރާތަކުން އެއްބާރުލުންދެމުން އަންނައިރު މިއީ ރައްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ.