Ads by Farudhun

ޚަބަރު

ފައިނު ޕޮލިސް ޕޯސްޓް ތަރައްޤީކުރުން: ފުރާޅު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ

ފައިނު ޕޮލިސް ޕޯސްޓް ތަރައްޤީކުރުން: ފުރާޅު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ

ފައިނު ޕޮލިސް ޕޯސްޓް. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

17 ސެޕްޓެމްބަރު 2026، 03:38

17 ސެޕްޓެމްބަރު 2026، 03:38

ރ. ފައިނު ޕޮލިސް ޕޯސްޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު  ކުރިއަށްދަނީ ފުރާޅުގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް މި މަސައްކަތުގެ އަދާހަމަ ހިއްސާކުރައްވަމުންނެވެ.



މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވިފައި ވަނީ 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއެކު ހެދުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން 10 ރަށެއްގައި ޕޮލިސް ޕޯސްޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. އަދި 5 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ވެސް އެ ކުންފުންޏާއި ހަވާލުކުރެވުނެވެ.

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން މި މަޝްރޫއަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ހިންގާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމެވެ.

މި ލަނޑުދަނޑި ވާސިލުވުމަށްޓަކައި އެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތަކާއި ޕޯސްޓުތައް އަދި ޑެސްކުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450