Ads by Farudhun

ޚަބަރު

މަޢުލޫމާތު ފުރިހަމަނުވާ ބިދޭސީންގެ ނިސްބަތް 1 އިންސައްތައަށް ތިރިކުރި ޤައުމަކަށް ރާއްޖެ

މަޢުލޫމާތު ފުރިހަމަނުވާ ބިދޭސީންގެ ނިސްބަތް 1 އިންސައްތައަށް ތިރިކުރި ޤައުމަކަށް ރާއްޖެ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން / ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

19 ސެޕްޓެމްބަރު 2026، 05:05

19 ސެޕްޓެމްބަރު 2026، 05:05

ގައުމެއްގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން ސީދާ ވަނަވަރު ސާފުނުވާ މީހުންގެ އަދަދު އެންމެ އިންސައްތައަކަށް ދަށްކުރެވިފައިވާ މަދު ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ ޖާގަ ހޯދައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ ސެޝަނެއްގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ، އަދުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި އުޅުމުގެ ހުއްދަ ދެވިފައިވާ 295,678 ތިބި ކަމަށް ދައުލަތުގެ ރެކޯޑުތަކުން ދައްކައެވެ. ނަމަވެސް، އެއީ ކާކުކަން ސީދާ ކަށަވަރުވެފައި ވަނީ މީގެ ތެރެއިން އެންމެ 22,700 މީހުންގެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، މިއީ ގައުމީ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތްކަން ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އަދުގެ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މިހާރު ވަނީ 95 އިންސައްތަ ބިދޭސީންގެ ފިންގަރޕްރިންޓާއި ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށްފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބާކީ 5 އިންސައްތައިގެ ތެރެއިން 4 އިންސައްތަ މީހުން މި ވަގުތު ރާއްޖޭގައި ނެތުމުގެ ސަބަބުން އެމީހުންގެ މައުލޫމާތި ހޯދެން ނެތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މައުލޫމާތު ފުރިހަމަނުވެ މިހާރު ރާއްޖޭގައި ތިބީ އެންމެ އެއް އިންސައްތަ ނުވަތަ 1,102 މީހުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މުޅި ދުނިޔޭގައި ބަލާލާއިރުގައި ބަޔޯމެޓްރިކަލީ އައިޑެންޓިފައިބަލް އެކްސްޕެޓް ޕޮޕިއުލޭޝަން 1% ތްރެޝްހޯލްޑްގައި ހިފެހެއްޓޭ މިހާރު އޮތީ 3 ގައުމު: ދިވެހިރާއްޖެ، ސިންގަޕޫރު، އަދި އެމިރޭޓްސް" 

ވަޒީރު ޢަލީ އިޙްސާން

ރާއްޖޭގައި ގާނޫނާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރަސްމީ އިދާރާތަކަށް މައުލޫމާތު ހިއްސާނުކޮށް ފިލައިގެން އުޅޭ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ޑީޕޯޓްކޮށްލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450