Ads by Farudhun

ޚަބަރު

ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަށް އައްޑޫގައި ޚާއްޞަ ވޯކްޝޮޕެއް

ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަށް އައްޑޫގައި ޚާއްޞަ ވޯކްޝޮޕެއް

ކުރިން ބޭއްވުނު އަންހެނުންގެ ލީޑަޝިޕް ޕްރޮގްރާމެއް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ސެޕްޓެމްބަރު 2026، 09:59

20 ސެޕްޓެމްބަރު 2026، 09:59

ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވައި، އެ ދާއިރާއިން ކުރިއަށްދިއުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި "ވިމެން އެމްޕަވަރމަންޓް އިން ޓެކްނޮލޮޖީ" ގެ ނަމުގައި ޚާއްޞަ ވޯކްޝޮޕެއް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިއްޖެހިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މި ވޯކްޝޮޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 25 އިން 30 އަށް ކަމަށެވެ. 

5 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ޢުމުރުން 18 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެޕްޓެމްބަރު 24 ގެ ކުރިން ފޯމު ފުރުމަށް ވަނީ އެދިފައެވެ.



ވުޒާރާއިން ވިދާޅުވި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުންނަށް ހުރި ފުރުޞަތުތައް އަންގައިދިނުމާއި، އެފަދަ ވަޒީފާތަކަށް ޒުވާނުން ހޭލުންތެރިކުރުވުން ހިމެނެއެވެ.

މީގެ އިތުރުން، ޒުވާނުންނަށް ވަޒީފާ ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވައިދިނުމާއި، އަމިއްލަ މަސައްކަތެއް ފަށައިގަންނަން ބޭނުންވާ ޒުވާނުންނަށް އެކަން ކުރުމަށް މަގުފަހިކޮށްދިނުން ވެސް މި ވޯކްޝޮޕްގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ހަމައެއާއެކު، ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށްދިއުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށްދިނުމަށާއި، ފްރީލާންސްކޮށް މަސައްކަތް ކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެއްކަން އެ ވުޒާރައިން ފާހަގަކުރައްވައެވެ. 

މި ވޯކްޝޮޕް މެދުވެރިކޮށް ޚާއްޞަ އިސްކަމެއް ދީގެން އަންހެނުން މި ދާއިރާއިން ތަމްރީނުކުރެވިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450