Ads by Farudhun

ޚަބަރު

ފޯބްސް ޖޯޖިއާ މަޖައްލާއިން އަދީބުގެ އާޓިކަލް ނަގައިފި

ފޯބްސް ޖޯޖިއާ މަޖައްލާއިން އަދީބުގެ އާޓިކަލް ނަގައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފޮޓޯ:ރާއްޖެ އެމްވީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ސެޕްޓެމްބަރު 2026، 10:48

20 ސެޕްޓެމްބަރު 2026، 10:48

ދުނިޔޭގެ އެންމެ މަޤްބޫލު އެއް މަޖައްލާ ކަމަށްވާ "ފޯބްސް ޖޯޖިއާ"ގައި ޖަހާފައިވާ، ރާއްޖޭގެ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއި ގުޅޭ އާޓިކަލް އެ ނޫހުން ނަގައިފިއެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބުއާ ގުޅޭ މި އާޓިކަލް ފޯބްސް މަޖައްލާގައި  ޕޯސްޓުކޮށްފައި ވަނީ، 1 ޖޫން 2026 ގައެވެ. 

"ދަ ރައިޒް، ފޯލް، އެންޑް ރީއިންވެންޝަން އޮފް އަހުމަދު އަދީބު"ގެ ނަމުގައި އެ މަޖައްލާއިން ނެރެފައިވާ މި އާޓިކަލް ނެގުމާއި ގުޅިގެން ފޯބްސްއިން ބުނެފައި ވަނީ، މަޒުމޫނު ޝާއިޢުކުރުމާއި، މަޢުލޫމާތު ހޯދި މަޞްދަރުތަކާއި، އެޑިޓޯރިއަލް އަދި ވިޔަފާރި ކޮންޓެންޓްގެ މިންގަނޑުތަކަށް ފެތޭ މިންވަރާ މެދު އުފެދިފައިވާ ސުވާލުތައް ފޯބްސް ޖޯޖިއާއިން ބަލައި މުރާޖަޢާކުރަމުންދާތީ، މި ވަގުތަށް އެ އާޓިކަލް ނަގާފައިވާ ކަމަށެވެ.

މި އާޓިކަލްގައި ވަނީ އަދީބުގެ ސިޔާސީ ހަޔާތާއި، އޭނާއަށް ކުރިމަތިވި ޤާނޫނީ ގޮންޖެހުންތަކާއި، އޭނާގެ ޒާތީ ދިރިއުޅުމަށް އައި ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އަދި އޭނާގެ ވިޔަފާރީގެ ހަޔާތާއި، ރާއްޖޭގެ އަލްޓްރާ-ލަގްޒަރީ ފަތުރުވެރިކަމުގެ ދާއިރާ ބައްޓަންކުރުމުގައި އޭނާ އަދާކުރެއްވި ދައުރާއި، ޖަލުގައި ހޭދަކުރެއްވި ދުވަސްތަކަށްފަހު އޭނާގެ ވިސްނުމަށް އައި ބަދަލުތައް މި އާޓިކަލްގައި ވަނީ ފާހަގަކޮށްފައިވެއެވެ.

ފޯބްސް ޖޯޖިއާ އަކީ ދުނިޔޭގެ މަޝްހޫރު ވިޔަފާރި މަޖައްލާ "ފޯބްސް" ގެ ރަސްމީ ލައިސަންސްގެ ދަށުން ޖޯޖިއާގައި ޝާއިޢުކުރަމުން އަންނަ ނުފޫޒުގަދަ ބިޒްނަސް މީޑިއާ ބްރޭންޑެކެވެ. 2011 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މި މަޖައްލާއަކީ ޖޯޖިއާ އަދި ކައުކަސަސް ސަރަޙައްދުގެ އިޤްތިޞާދީ، ވިޔަފާރި، އިންވެސްޓްމަންޓް އަދި ޓެކްނޮލޮޖީގެ އެންމެ ފަހުގެ ޚަބަރުތަކާއި ފުން ދިރާސާތައް ގެނެސްދޭ މައިގަނޑު އެއް މަސްދަރެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450