Ads by Farudhun

ޚަބަރު

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

20 ސެޕްޓެމްބަރު 2026، 02:57

20 ސެޕްޓެމްބަރު 2026، 02:57

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އަދި ޢަމަލީ މަސައްކަތުގެ 88 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިކަން ހާމަކުރައްވާ ވިދާޅުވީ،  މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ގޮނޑުދޮށަށް ވެލިއެޅުމަށް ބޭނުންވާ ވެލި ނެގުމާއި ކޮނުމުގެ މަސައްކަތްތައް ކަމަށެވެ.



މި މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، މިދިޔަ މާރިޗު މަހުގެ ތެރޭގައި އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި އެ މަހާ ހަމައަށް މުޅި މަޝްރޫޢުގެ 73 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ. އެ މުއްދަތުގައި ރިވެޓްމަންޓް ޖަހާ ސަރަޙައްދު ފުންކުރުމާއި، އެ ސަރަޙައްދު ބެކްފިލް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މީގެ އިތުރުން، މާރިޗު މަހުގެ ނިޔަލަށް ރިވެޓްމަންޓް ޖެހުމުގެ 48 އިންސައްތަ މަސައްކަތާއި، ބިން ހިއްކުމުގެ 72 އިންސައްތަ މަސައްކަތް އަދި ގޮނޑުދޮށަށް ވެލި އެޅުމުގެ 64 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، ފުނަދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދުގެ ސަރުކާރުން ވަނީ ރަށްރަށުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މިގޮތުން، އަންނަ އަހަރުގެ ތެރޭގައި 500 އެއްހާ މަޝްރޫޢު ނިންމުމަށް އަމާޒުހިފައި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450