Ads by Farudhun

ޚަބަރު

ދައުރުވާ ވީޑިއޯއިން ފެންނަނީ ނައްތާލުމުގެ ހުއްދަ ދެވިފައިވާ ސައިކަލުތަކެއް: ފުލުހުން

ދައުރުވާ ވީޑިއޯއިން ފެންނަނީ ނައްތާލުމުގެ ހުއްދަ ދެވިފައިވާ ސައިކަލުތަކެއް: ފުލުހުން

ފުލުހުން ސައިކަލުތަކެއް ޓޯވްކުރުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ސެޕްޓެމްބަރު 2026، 10:16

22 ސެޕްޓެމްބަރު 2026، 10:16

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ނައްތާލުމުގެ ހުއްދަ ދެވިފައިވާ ސައިކަލުތަކެއް ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިފަދައިން ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ސައިކަލެއް ޓްރަކަކުން ވައްޓާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެ ވީޑިއޯއިން ފެންނަ އުޅަނދުތަކަކީ، ޓޯކޮށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ހަވާލުނުވެ ހުރި އުޅަނދުތަކެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. 

އަދި އެއީ ގާނޫނީ އަދި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދެވިފައިވާ އުޅަނދުތަކެއްކަން ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ، ވީޑިއޯއިން ފެންނަ މަންޒަރަކީ އެ އުޅަނދުތައް ނައްތާލުމަށް ޓަކައި ތިލަފުށްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް، ހުޅުމާލެ ފޭސް 2 އިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށެވެ. 



ފުލުހުން ޓޯވްކުރާ އުޅަނދުތައް އަނބުރާ ގެންދިއުމަށް ދޭ މުއްދަތު ހަމަވާއިރު ވެސް ވެރިފަރާތުން ނުގެންގޮސްފިނަމަ، 60 ދުވަހުގެ ތެރޭގައި އެ އުޅަނދަކާ ހަވާލުވުމަށް ޢާންމުކޮށް އިޢުލާނުކުރެއެވެ. އަދި މި މުއްދަތު ހަމަވާއިރު ވެސް އުޅަނދު ގެންގޮސްފައިނުވާނަމަ، އޭގެ ރަޖިސްޓްރީ ބާޠިލުކުރަން އެދެންޖެހޭނެ ކަމަށާއި، ހުށަހަޅާތާ 7 ދުވަސް ތެރޭގައި މިނިސްޓްރީން އެ އުޅަނދެއްގެ ރަޖިސްޓްރޭޝަން އުވާލަންވާނެ ކަމަށް ޤަވާޢިދު ބަޔާންކުރެއެވެ.

އިޢުލާނުކުރާ މުއްދަތުގައި ވެރިފަރާތުން ހަވާލުނުވާ އުޅަނދުތައް، ނީލަން ކިޔައިގެން ވިއްކާލުމުގެ ނުވަތަ އެއްކޮށް ނައްތާލުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު މި ޤަވާޢިދުގެ ދަށުން ފުލުހުންގެ މުއައްސަސާއަށް ލިބިގެންވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450