Ads by Farudhun

ޚަބަރު

156 ވޭޕް ކާޓްރިޖާއެކު ދެ މީހަކު ހައްޔަރުކޮށްފި

156 ވޭޕް ކާޓްރިޖާއެކު ދެ މީހަކު ހައްޔަރުކޮށްފި

މި އޮޕަރޭޝަނުގައި ފުލުހުން އަތުލައިގަތް ތަކެތި. ފޮޓޯ: ފުލުހުން.

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

22 ސެޕްޓެމްބަރު 2026، 11:31

22 ސެޕްޓެމްބަރު 2026، 11:31

ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، 156 ވޭޕް ކާޓްރިޖާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ސެޕްޓެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި އޮޕަރޭޝަންގައި ފުލުހުން ވަނީ، މަގުމަތިން 2 ދިވެހި ފިރިހެނުން ހުއްޓުވައި ސުވާލުކޮށްފައެވެ. އަދި އެ މީހުން ދުއްވި ސައިކަލާއި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ، އަމާން އުދަރެސް އެޕާޓްމަންޓެއް ވެސް އެ އިދާރާއިން ވަނީ ބަލައި ފާސްކޮށްފައެވެ.

އަދި އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖްއާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރާއްޖޭގައި ވޭޕު ބޭނުން ކުރުމާއި، ވިއްކުމާއި، ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ، 15 ޑިސެންބަރު 2024 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ވޭޕްގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަކީ ކަނޑައެޅިގެން މަނާކަމެކެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާނުންނާއި، ކުރިއަށް އޮތް ޖީލުތައް މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކާތެރި އާދަތަކުން ދުރުހެލިކޮށް، ސިއްހަތު ރަނގަޅު ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ނިންމެވި ހަރުދަނާ ނިންމެވުމެއް ކަމަށް ގިނަ ބަޔަކުދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450