Ads by Farudhun

ޚަބަރު

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އިލްތިމާސްކުރުން.

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

22 ސެޕްޓެމްބަރު 2026، 11:43

22 ސެޕްޓެމްބަރު 2026، 11:43

ރާއްޖޭގެ ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށްދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުން، އަދި ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ސަމާލުވެ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެ އޭޖެންސީން ވަނީ އެދިފައެވެ.

ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި، ގިނަގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.  

އެޗްޕީއޭއިން ވިދާޅުވީ، އިރުގެ ހޫނުގެ ސަބަބުން ސިއްޙަތަށް ތަފާތު ނޭދެވޭ އަސަރުތައް ކުރާ ކަމަށެވެ. އޭގެ ތެރޭގައި ބޯ އެނބުރުމާއި، އަކުނިވަޔަށްދެމުމާއި، ލޮލަށް ގެންލުންވުމާއި، ވަރުބަލިވުން ފަދަ އަލާމާތްތައް ހިމެނެއެވެ. މީގެއިތުރުން  ހަމުގައި ރަތް ބިހި ނެގުމާއި، އަވީގެ ސަބަބުން ހަންގަނޑު އެނދުން ފަދަ ކަންކަން ދިމާވުން ހިމެނޭކަމަށް އެ އޭޖެންސީން ވިދާޅުވެއެވެ.



އަވީގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ބޭރަށް ނުކުންނައިރު ކުޑަނެގުމާއި ތޮފި އަދި އަވިއައިނު ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ގަޔަށް ދޫ،ކުލަ މަޑު، މުޅި ހަށިގަނޑު ނިވާވާފަދަ ހެދުން ބޭނުންކުރުމާއެކު، ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އަވީގައި އުޅޭ ވަގުތު މަދުކުރުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން އަވީގައި ގިނަ ވަގުތު ހޭދަކުރާނަމަ ސަންސްކްރީން އުނގުޅުމަށާއި، ގިނައިން ފެނާއި ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ.

އެޗްޕީއޭއިން އިތުރަށް ވިދާޅުވީ، އަވީގެ ސަބަބުން ސިއްޙީ ގޮތުން އެންމެ ބޮޑަށް އަސަރުކުރުމުގެ ފުރުޞަތު އޮތީ ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ގިނަ ވަގުތު އަވީގައި މަސައްކަތްކުރާ މީހުންނަށާއި، މާބަނޑު މީހުންނަށް ކަމަށެވެ. އެހެންކަމުން، މިފަދަ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450