ޚަބަރު
މިއަދު މިފްކޯއިން މަސް ގަންނަނީ 22ރ. އަށް
މަސްވެރިން މަސްބާނަނީ. ފޮޓޯ: އިންޓަނެޓް
ދައުލަތުގެ މަސް ކުންފުނި ކަމަށްވާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މިއަދު މަސް ގަންނަ އަގު 22ރ. އަށް ބޮޑުކޮށްފިއެވެ.
މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް 22ރ ރޭޓުން ގަތުމަށް ނިންމާފައިވާއިރު، މިއަދު އެކުންފުނީގެ ފެސިލިޓީތަކުންނާއި މަސްކިރާ ބޯޓުފަހަރުން މި ރޭޓުގައި މަސް ގަންނާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ގދ. ތިނަދޫއާއި، ހއ. އިހަވަންދޫއާއި، ކ. ކަނޑުއޮތްގިރީގެ އިތުރުން، މ. މުލަކުގެ ބަނދަރުން ކަޅުބިލަމަސް ގަންނަމުންދާނީ، މި އަގުގައި ކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މިފްކޯއިން ކަޅުބިލަމަހުގެ ކިލޯއެއް ގަންނަ އަގު 21 ރުފިޔާއަށް ބޮޑުކޮށްފައި ވަނީ، މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުއެވެ.
މިއަދު މިފްކޯއިން ކަޅުބިލަމަސް ގަންނަނީ 22ރ. އަށް pic.twitter.com/jMqTenXEWp
— MIFCO (@mifcomv) September 22, 2026
މިއީ ދުނިޔޭގެ ބާޒާރުގެ އަގުތަކާ އެއްހަމަކޮށް، މަސްވެރިންނަށް އެކަށީގެންވާ އާމްދަނީއެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ. މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ކުންފުނިތަކާއި އެއްހަމައެއްގައި މިފްކޯގެ އަގުތައް ހިފެހެއްޓުމާއި، ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ މަސްވެރި އުޅަނދުފަހަރަށް ސީދާ މާލީ މަންފާ ކަށަވަރުކޮށްދިނުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންދަވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރައްވައި، މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއިފަސޭހަ މަގުތަކެއް ހޯއްދަވައިދެއްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން، މަސްވެރިން ކިރާ މަހަށް ވީ އެންމެ އަވަހަކަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދީ، މިހާރު 48 ގަޑިއިރު ހަމަވުމުގެ ކުރިން ފައިސާ ދޫކުރެވެމުންދެއެވެ.