Ads by Farudhun

ޚަބަރު

އައި.ސީ.އާރު.ސީގެ ރީޖަނަލް ހެޑް، އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއާ ބައްދަލުކުރައްވައިފި

އައި.ސީ.އާރު.ސީގެ ރީޖަނަލް ހެޑް، އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަންއާ ބައްދަލުކުރައްވައިފި

އައި.ސީ.އާރު.ސީގެ ރީޖަނަލް ހެޑްއާއި ބައްދަލުކުރެއްވުން. ފޮޓޯ: އެންޑީއެމްއޭ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

22 ސެޕްޓެމްބަރު 2026، 03:15

22 ސެޕްޓެމްބަރު 2026، 03:15

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް، އައި.ސީ.އާރު.ސީގެ ރީޖަނަލް ދެފަރާތުގެ އިސްވެރިޔާ އަލްފޮންސޯ ވާޑޫ ޕެރޭޒްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އެބޭފުޅާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. 

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ބައިނަލްއަޤުވާމީ އިންސާނީ ހައްޤުތަކުގެ ޤާނޫނުތަކާއި، ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ނިޒާމު ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. އަދި އެން.ޑީ.އެމް.އޭ އާއި އައި.ސީ.އާރު.ސީ އަދި މާލްޑިވިއަން ރެޑް ކްރެސެންޓް ގުޅިގެން މަސައްކަތްކުރުމުގެ ދާއިރާތައް ފުޅާކުރުމާ ބެހޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.


މީގެ އިތުރުން، ޤައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތަކާއި އިސްނެގުންތަކަށް އައި.ސީ.އާރު.ސީގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދުވެސް ދެބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.

އަލްފޮންސޯ ވާޑޫ ޕެރޭޒް އަކީ ނިއުދިއްލީގެ އައި.ސީ.އާރު.ސީގެ ރީޖަނަލް ޑެލިގޭޝަންގެ ވެރިޔާއެވެ. އެ އޮފީހުން ބަލަހައްޓަނީ އިންޑިއާ، ނޭޕާލް، ބޫޓާން އަދި ދިވެހިރާއްޖެ ހިމެނޭ ސަރަހައްދެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450