Ads by Farudhun

ޚަބަރު

ހުމާއި ރޯގާ އަދި ބޭރަށް ހިންގުން ފެތުރެނީ، ސަމާލުވޭ!

ހުމާއި ރޯގާ އަދި ބޭރަށް ހިންގުން ފެތުރެނީ، ސަމާލުވޭ!

އައިޖީއެމްއެޗް ހޮސްޕިޓަލް. ފޮޓޯ: ސަންއޮންލައިން

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

22 ސެޕްޓެމްބަރު 2026، 03:56

22 ސެޕްޓެމްބަރު 2026، 03:56

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި ރޯގާ އަދި ބޭރަށްހިންގުން ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިއަދު އިލްތިމާސްކުރައްވައިފިއެވެ.

ހުމާއި ރޯގާ އަދި ބޭރަށްހިންގުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު މި ދުވަސްވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން ހުމާއި ރޯގާއާއި ބޭރަށް ހިނގުމުން ސަލާމަތްވުމަށް ފަރުދީ ގޮތުން ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

  • ހުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރެއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަށް ދެއްކުން
  • ގިނައިން ދިޔާއެއްޗެތި ބޭނުންކުރުން
  • ރޯގާގެ އަލާމާތެއް ހުރިނަމަ، ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސްކުއެޅުން
  • އާންމު ތަންތަނުގައި އުޅޭއިރު، ގައިދުރުކަން ބެހެއްޓުން
  • ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން

ރޯގާއާއި ހުމުން ރައްކާތެރިވުމަށް ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުމަށާއި ސައިބޯނި ލައިގެން އަތްދޮވުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށާއި، ދުންފަތުގެ އިސްތިއުމާލުނުކުރުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފައެވެ. އަދި ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ހުންއައިސްގެން ތިންދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެ އެޖެންސީން ވަނީ އިރުޝާދުދީފައެވެ.

ބޭރަށް ހިންގުމުން ރައްކާތެރިވުމަށް ސާފުބޯފެން ބުއިމަށް ބޭނުންކުރުމަށާއި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯކޮށްކޮވޭ ކާނާ ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށްވެސް އެ އެޖެންސީން އިލްތިމާސްކުރެއެވެ. އަދި ބޭރަށް ހިންގުން ޖެހިއްޖެނަމަ ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކޮށް ލޮނުޕެކެޓް ބޭނުންކޮށް، މާބޮޑަށް ވަރުދެރަވާނަމަ ޑޮކްޓަރެއްގެ ލަފާހޯދުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450