Ads by Farudhun

ޚަބަރު

އެމްޑީޕީ ކޮންގްރެސްގައި 986 އަށް ވުރެ ގިނަ މަންދޫބުން!

އެމްޑީޕީ ކޮންގްރެސްގައި 986 އަށް ވުރެ ގިނަ މަންދޫބުން!

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ނޫސްވެރިންނާއި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެމްޑީޕީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 ސެޕްޓެމްބަރު 2026، 03:56

22 ސެޕްޓެމްބަރު 2026، 03:56

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމަށް 986 އަށް ވުރެ ގިނަ މަންދޫބުން މިހާތަނަށް ރަޖިސްޓްރީވެފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ވެސް 500 އަށް ވުރެ ގިނަ ބޭފުޅުން ނަން ނޯޓުކޮށްފައިވާ ކަމަށެވެ. މި މަހުގެ 20 އިން 25 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ކުރިއަށްދާއިރު، ހުރިހާ މަންދޫބުން ރަޖިސްޓްރީވެ، މިއީ ފުރިހަމަ އަދަދަކަށް ކޮންގްރެސްމަނުން ބައިވެރިވާ ތާރީޚީ ކޮންގްރެސްއަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންގްރެސްގެ އެންމެހައި މައުލޫމާތުތަކާއި މަންދޫބެއްގެ ހައިސިއްޔަތު ޗެކްކުރުމުގެ އިންތިޒާމު ޚާއްސަ ވެބްސައިޓެއް މެދުވެރިކޮށް ހަމަޖައްސާފައިވާއިރު، ބައިވެރިންނަށް ކޮންގްރެސް ކިޓު ހަވާލުކުރުން އޮންނާނީ މި މަހުގެ 29 އަދި 30 ވަނަ ދުވަހުއެވެ.

އަންނަ އޮކްޓޯބަރު މަހުގެ 1 އިން 3 އަށް ކުރިއަށްދާ މި ކޮންގްރެސްގެ ޝިއާރަކީ "ރަށްވެހި އުފެއްދުން" އެވެ. މި ޝިއާރުގެ ދަށުން، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރަށްރަށުގެ ތަރައްގީއަށް އިންވެސްޓަރުން ހޯދައިދިނުމަށް ޚާއްސަ އިންވެސްޓްމެންޓް ފޯރަމެއް ބޭއްވުމުގެ އިތުރުން، ޕާޓީގެ އަސާސީ ގަވައިދަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ވެސް ވަނީ އެޖެންޑާކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450