Ads by Farudhun

ޚަބަރު

ކުރިނބި ބަނދަރުގެ 55 އިންސައްތަ ނިމިއްޖެ

ކުރިނބި ބަނދަރުގެ 55 އިންސައްތަ ނިމިއްޖެ

ހދ. ކުރިނބި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު. ފޮޓޯ: އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ސެޕްޓެމްބަރު 2026، 08:47

23 ސެޕްޓެމްބަރު 2026، 08:47

ހދ. ކުރިނބި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 55 އިންސައްތަ މަސައްކަތް ނިމިއްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޕޭވްމެންޓުގެ މަސައްކަތްތައް ކަމަށެވެ.



މި މަޝްރޫއުގެ ދަށުން ބަނދަރުގެ 4،389 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، ބަނދަރަށް އިތުރުކުރާ ބައި ފުން ކުރުމާއި، ބަނދަރަށް ވަންނަ ނެރު ފުން ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމަ އެއާއެކު، 295 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 314 މީޓަރުގެ ސަރަޙައްދެއްގައި ސްކޯރިން އެޕްރޮން ޖެހުމާއި، 10 މޫރިން ބޮއި ހަރުކުރުމާއި، ރޭމްޕް ހެދުމާއި، 16 މަގު ބައްތި ހަރުކުރުމާއި، 1556.61 އަކަ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ، 42.9 މިލިއަން ރުފިޔާއަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އަދުގެ ސަރުކާރުން ވަނީ ރަށްރަށުގެ ތަރައްގީއަށް ގިނަ މަޝްރޫޢުތަކެއް އެ ކުންފުންޏާ ހަވާލުކޮށްފައެވެ. މިގޮތުން، އަންނަ އަހަރުގެ ތެރޭގައި 500 އެއްހާ މަޝްރޫޢު ނިންމުމަށް އަމާޒުހިފައި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވަނީ ވިދާޅުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450