Ads by Farudhun

ޚަބަރު

ދިއްގަރުގައި އަޅާ 75 ހައުސިންގ ޔުނިޓު: ފައުންޑޭޝަން މަސައްކަތް ކުރިއަށްދަނީ

ދިއްގަރުގައި އަޅާ 75 ހައުސިންގ ޔުނިޓު: ފައުންޑޭޝަން މަސައްކަތް ކުރިއަށްދަނީ

މ. ދިއްގަރުގައި 75 ހައުސިންގ ޔުނިޓުގެ މަޝްރޫއު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ސެޕްޓެމްބަރު 2026، 08:48

23 ސެޕްޓެމްބަރު 2026، 08:48

މ. ދިއްގަރުގައި 75 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ، 2 ވަނަ ޔުނިޓުގެ ފައުންޑޭޝަން ކޮންކްރީޓް މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިކަން ހާމަކުރައްވާފައި ވަނީ މަޝްރޫއުގެ އަދާހަމަ ހިއްސާކުރެއްވުމަށް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން މި މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 18 އެޕްރީލް 2024 ގައެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަށާފައިވާއިރު، ދިއްގަރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ، 1000  އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ.

މި ޔުނިޓުތަކުގައި 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.



މިދިޔަ އަހަރުގެ  ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި، މި މަޝްރޫއު އިތުރަށް ފުޅާކޮށް، ތަރައްޤީގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިއްގަރުގައި އެހެނިހެން މަޝްރުއުތައް ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450