Ads by Farudhun

ޚަބަރު

ފީނަން ގޮސް އުޅުނު ދުވާފަރު މީހަކު ނިޔާވެއްޖެ

ފީނަން ގޮސް އުޅުނު ދުވާފަރު މީހަކު ނިޔާވެއްޖެ

ރ. ދުވާފަރު

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ސެޕްޓެމްބަރު 2026، 10:16

23 ސެޕްޓެމްބަރު 2026، 10:16

ފީނަން ގޮސް އުޅުނު 30 އަހަރުގެ މީހަކު ނިޔާވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ށ. އަތޮޅު ކަނޑުގެ ސަރަހައްދުގައި މަހަށް ނުކުމެއުޅުނު ރ. ދުވާފަރު ދޯންޏަކުން ފީނަން ފޭބި މީހަކު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ށ. މަރޮށި ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު 2026 ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 15:20 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ.

އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ނިޔާވެފައިވަނީ ލިލީމާގެ / ރ. ދުވާފަރު، މުޙައްމަދު ޝައްފާން (30އ) އެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450